logo minivan

English

ހޮނިހިރު, 27 ޖުލައި 2024

ޗެމްޕިއަންްސް ލީގު: ރެއާލް މެޑްރިޑުން މި ސީޒަނުގައި ފުރަތަމަ ފަހަރަށް މެޗަކުން ބަލިވެއްޖެ

ޔުއެފާ ޗެމްޕިއަންސް ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑުން މި ސީޒަނުގައި ފުރަތަމަ ފަހަރަށް މެޗަކުން ބަލިވެއްޖެއެވެ.

ފޯމުގައި ރިއާލް ބަލިވެފައިވަނީ ޖަރުމަނުގެ އާރް ބީ ލިޕްޒިގް އަތުންނެވެ. ލިޕްޒިގްގެ ދަނޑުގައި ކުޅުނު މި މެޗް އެޓީމް ކާމިޔާބުކުރީ 3-2 ގެ ނަތީޖާއަކުންނެވެ.

މި މެޗްގެ ފުރަތަމަ ދެގޯލް ލިޕްޒިގުން ޖެހީ ފުރަތަމަ 20 ވަނަ މިނެޓްގައެވެ. ފުރަތަަމަ ލަނޑު މެޗްގެ 13 ވަނަ މިނެޓްގައި ޖަހާދިނީ ކްރޮއޭޝިއާގެ ޑިފެންޑަރ ޔޮސްކޯ ގްވާޑިއޯލްއެވެ. އޭގެ ފަސް މިނެޓްފަހުން އެޓީމުގެ 2 ވަނަ ލަނޑު ޖަހައިދިނީ ފްރާންސްގެ ކްރިސްޓޮޕަރ އެންކުންކޫއެވެ. މި މެޗްގައި ރެއާލްގެ ފުރަތަމަ ލަނޑު ފުރަތަމަ ހާފް ނިމެން އެއް މިނެޓަށް ވެފައިވަނިކޮށް ޖަހާދިނީ ވިނީޝިއަސް ޖޫނިއަރއެވެ. މި މެޗްގައި ލިޕްޒިގްގެ 3 ވަނަ ލަނޑު މެޗްގެ 81 ވަނަ މިނެޓްގައި ޖަހާދިނީ ޖަރުމަނުގެ ފޯވާޑް ޓީމޯ ވާނަރ އެވެ. އަދި ރެއާލް ދެވަނަ ލަނޑު މެޗްގެ އިތުރު ވަގުތުގެ ހަތަރު ވަނަ މިނެޓްގައި ޕެނަލްޓީ އަކުން ކާމިޔާބުކޮށްދިނީ ރޮޑްރިގޯއެވެ.

މި މެޗުގެ ކުރިންވެސް ރިއާލްމެޑްރިޑް ވަނީ މުބާރާތުގެ 2 ވަނަ ބުރުގެ ޖާގައެއް ޔަޤީންކޮއްފައެވެ. މި މެޗުން މޮޅުވި ލިޕްޒިގްއަށް ފަސް މެޗުން 9 ޕޮއިންޓް ލިބިފައިވާއިރު އެޓީމާއި އެންމެ ގާތުން ވާދަކުރަމުންދާ ޝަކްޓާ ޑޮނެސްކްއަށް ލިބިފައިވަނީ 6 ޕޮއިންޓެވެ. މި ގްރޫޕްގެ ފަހު މެޗްގައި ލިޕްޒިގް ވާދަކުރުމަށް ހަމަޖެހިފައިވަނީވެސް ޝަކްޓާއާއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *