logo minivan

English

ހޮނިހިރު, 27 ޖުލައި 2024

ދެބަސްވުމުގައިވެސް އެކަކު އަނެކަކަށް އިޙްތިރާމް ކުރަން ދަންނަންޖެހޭ: ޚުތުބާ

ޚިޔާލުތަފާތުވެ ދެބަސްވާ ޙާލާތްތަކުގައިވެސް އެކަކު އަނެއްކަކަށް އިޙްތިރާމާއި ގަދަރުކުރަން ދަންނަން ޖެހޭ ކަމަށް ދުނިޔޭގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ މުފްތީ މެންކު ވިދާޅުވެއްޖެއެވެ.

މުފްތީ މެންކް މިހެން ވިދާޅުވީ މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު އިސްލާމީ މަރުކަޒުގައި އިމާމުވެ ހުކުރު ކޮއްދެއްވަމުން ވިދާޅުވި ހުކުރު ޚުތުބާގައެވެ.

މިއަދުގެ ހުކުރު ހުތުބާގައި މައިގަނޑުގޮތެއްގައި އަލި އަޅުއްވާލެއްވީ ތަޤުވާވެރިކަމާއި، މާތްﷲ އާއި އިންސާނުންނާއި ދެމެދު އޮންނަ ގުޅުމުގެ މައްޗަށެވެ. މުފްތީ ވިދާޅުވީ، ދުނިޔެ މަތީގައި އިންސާނުން އެންމެ ގުޅުން ރަނގަޅުވާން ޖެހޭނީ މާތް ﷲ އާ ކަމަށެވެ. އެކަމަކު އެ ގުޅުމަކީ އިންސާނާގެ އުޅުމާއި އަޙްލާޤުގެ މައްޗަށް ބިނާވާ އެއްޗެއްކަން ފާހަގަކުރައްވާ، އެކަލާނގެއާ ގުޅުން ރަނގަޅުވާން އެދޭނަމަ، އެކަލާނގެ ހެއްދެއްވި އެހެން އިންސާނުންނާއި މަޙުލޫގުން އެބަތިބިކަން ދަންނަން ޖެހޭ ކަމަށް މުފްތީ ވިދާޅުވިއެވެ.

މުފްތީ ވިދާޅުވީ، މިކަމުގައި އެންމެ މުހިންމު އެއް ކަމަކީ އެކަކު އަނެކަކަށް އިޙްތުރާމްކޮށް ގަދަރުކުރުން ކަމަށެވެ. މާތް ﷲ ހެއްދެވި އެހެން އިންސާނުންނާއި މަޙުލޫގުން ތިބިކަން ދަނެ، އިޙްތިރާމު ނުކުރެވޭ ނަމަ އެކަލާނގެއާ ދެމެދު އޮންނަ ގުޅުން ރަނގަޅުވާނީ ކިހިނެތްތޯ އަމިއްލަ ނަފްސާ ސުވާލުކޮށްލުން މުހިންމު ކަމުގައި މުފްތީ ވިދާޅުވިއެވެ.

"ތަފާތުތައް ހުންނާނެ ކަން މާތް ﷲ ދެނެވޮޑިގެންވޭ. ޚިޔާލު ތަފާތުވާނެކަން ވެސް އެކަލާނގެ ދެނެވޮޑިގެންވޭ. އެކަމަކު އެކަލާނގެ އަމުރުކުރައްވާފައި ވަނީ ދެބަސްވާ ހިނދުވެސް އެކަކު އަނެކަކާ މެދު އިހްތިރާމުކުރުންމަތީ ދެމިތިބުމަށް" މުފްތީ ވިދާޅުވިއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *