logo minivan

English

ހޮނިހިރު, 27 ޖުލައި 2024
މުޙައްމަދު ނާޝިޒް/ ފޮޓޯ: ރާއްޖެޓީވީ

އިންތިހާބު ބޯމަތީގައި އޮއްވާ ޓެކްސް ބޮޑުކުރަން ރައީސް ނިންމެވީ އަމިއްލަ މަސްލަހަތަށްވުރެ ޤައުމު ދެކެ ލޯބިވާތީ: ނާޝިޒް

އިންތިހާބު ބޯމަތީގައި އޮއްވާ ޓެކްސް ބޮޑުކުރަން ރައީސް ނިންމެވީ އަމިއްލަ މަސްލަހަތަށްވުރެ ޤައުމު ދެކެ ލޯބިވާތީ ނިންމެވި ވަރަށް ހަރުދަނާ ނިންމެވުމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ މުޤައްރިރު މުޙައްމަދު ނާޝިޒް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ކިނބިދޫ ދާއިރާގެ މެމްބަރު އަދި މާލިއްޔަތު ކޮމިޓީގެ މުގައްރިރު މުޙައްމަދު ނާޝިޒް ވިދާޅުވީ ރައީސްގެ އަމިއްލަ ޕޮލިޓިކަލް އެޖެއްޑާއެއް ކުރިއަށް ގެންދަވަން ބޭނުންފުޅުވާ ނަމަ ރިޔާސީ އިންތިހާބު ބޯމަތިވެފައިވަނިކޮށް މިދަނޑިވަޅުގައި ޓެކްސް ބޮޑު ކުރަން މަސައްކަތް ނުކުރައްވާނެކަމަށެވެ. ނަމަވެސް ރައީސުލުންޖުމްހޫރިއްޔާގެ މި ނިންމެވުމަކީ ޤައުމަށް ދެރަގޮތެއްވާން ނޭދޭތީ އިޤްތިސާދީގޮތުން ނިންމެވި ވަރަށް ޒިންމާދާރު ނިންމެވުމެއް ކަމަށެވެ. ނާޝިޒް ވިދާޅުވީ ޓެކްސް ބޮޑުކުރަން އެއްވެސް ރައްޔިތަކު ނޭދޭނެކަމަށާއި މިއީ މުޅި ދުނިޔޭގައިވެސް ކަން ހިނގަމުން އަންނަ ގޮތް ކަމަށެވެ.

"ސިޔާސީ ވިސްނުމުން ވިސްނާ ނަމަ އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި އިންތިޚާބު ބޯމަތީގައި އޮއްވާ ޓެކްސްއެއް ނަގާކަށް ރައީސުލްޖުމްހޫރިއްޔާ ނުފޮނުއްވާނެ. އެއަށްވުރެ މާ މުހިންމުވީމަ ޓެކްސް ނަގަން ފޮނުވާފަ މިއޮތީ. އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި ރިޔާސީ އިންތިހާބު ބޯމަތިވެފައިއޮއްވާ މިއަދު ރައްޔިތުންގެ މަޖިލީހަށް މީތި މި ފޮނުއްވީ ރައްޔިތުންނަށް އިޚްލާސްތެރި، ޤައުމަށް އިޚްލާސްތެރި، އަދި ރައްޔިތުންދެކެ ލޯބިވާ ވެރިއަކަށްވީތީ. ޤައުމަށް ދެރަގޮތެއްވާން ބޭނުން ނުވާތީ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ގެންދަވަނީ އެންމެ ޒިންމާދާރު ގޮތަށް ކަންކަން ކުރައްވަމުން." އިޤްތިޞާދީ ދާއިރާއިން މަތީތައުލީމް ހާސިލްކުރައްވައިގެން ހުންނެވި ނާޝިޒް ވިދާޅުވިއެވެ.

ކޮވިޑްގެ ހާލަތު ސަރުކާރުން ވަރަށް ރަނގަޅު މެނޭޖްކުރިކަމަށާއި މިކަން އެހާ ރަނގަޅަށް މެނޭޖްކުރެވުނީ ރައީސުލްޖުމްހޫރިއްޔާ އެޅުއްވި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން ކަމަށް ނާޝިޒް ވިދާޅުވިއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *