ހޯޑެއްދޫން ފެނުނު މަސްތުވާތަކެތީގެ ބަރުދަން 82 ކިލޯއަށް އަރައިފިއެވެ.
މިކަން ހާމަކުރައްވާ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ހޯނޑެއްދޫ އޮޕަރޭޝަންގެ ތެރެއިން ހޮދި 69 ކިލޯގެ ޑްރަގް ހޯދާފައިވަނީ، ހޯނޑެއްދުއާއި އަދި އެ ސަރަޙައްދުގެ ފަޅު ރަށެއްގައި ވަޅުލާފައި ހުއްޓައިކަމަށެވެ. ސީޕީ ހަމީދު ވަނީ ފުލުހުން ކުރި ކާމިޔާބީ މަސައްކަތެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.
Apart from 13 kgs of heroin our teams found buried in G.DH Hoadehdhoo on 27/10, @PoliceMv teams have done commendable work to find 69 kgs of narcotic drugs buried in G.DH Hoadehdhoo and a close by uninhabited island today. Taking it to a total 82 kgs of both meth & heroin. pic.twitter.com/ZZCLL0QxXW
— Mohamed Hameed (@M_Hameedh) November 2, 2022
ފުލުހުން ހޯޑެއްދޫގައި ހިންގާ މި އޮޕަރޭޝަންގައި ފުރަތަމަ މަސްތުވާތަކެތި ހޯދީ މިދިޔަ މަހުގެ 27 ވަނަ ދުވަހުއެވެ.
މިމައްސަލައިގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ޢަބްދުﷲ ރަޝީދު ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ވަނީ ނިޔާވެފައެވެ. އަދި އިތުރު 2 މީހަކު ވަނީ ހައްޔަރުކޮއްފައެވެ.