logo minivan

English

އާދިއްތަ, 03 ނޮވެމްބަރ 2024
ފޮޓޯ: ވިޒިޓްހޯޑެއްދޫ

ހޯޑެއްދޫ ރައްޔިިތުންނަށް 20 ޓަނުގެ ބޯފެން ލިބިއްޖެ

ގދ. ހޯޑެއްދޫ ފެނަށް ޖެހިފައިވާތާ ދުވަސްތަކަކަށް ފަހު ފެނަކައިން އެރަށަށް 20 ޓަނުގެ ބޯފެން ސަޕްލައިކޮށްދީފި އެވެ.

ހޯޑެއްދޫ ކައުންސިލްގެ ރައީސް ހުސައިން ވާރިޝް "ނިމިވަން" އަށް ވިދާޅު ވީ ފެނުގެ ދަތިކަން ހައްލު ކުރުމަށް މިދިޔަ މަހު 26 ގައި ފެނަކަ އަށް ފެނަށް ދެންނެވި ކަމަށެވެ.

ފެނަކައިން ފެން ސަޕްލައި ކޮށްދިނުމުގައި ލަސްތަކެއް ދިމާވިނަމަވެސް މިހާރު ވަނީ މިހާރަށް ބޭނުންކުރެވޭ ވަަރަށް އެރަށަށް ފެން ލިބިފައެވެ.

" ޕަބްލިކް ތާންގި ތަކުން ފެން ނެގެންޏާ ޝޯޓޭޖް އެއްނުވާނެ، މިހާރު ރައްޔިތުންނަށް ޕަބްލިކް ތާނގީތަކުން ފެން ނެގޭނެ." ވާރިޝް ވިދާޅުވިއެވެ.

ހޯޑެއްދޫ ބޯފެނަށް ޖެހިއްޖެ

ހޯޑެއްދޫ އަކީ 861 މީހުންގެ އާބާދީއެއް ދިރިއުޅޭ ރަށެކެވެ. އެ ރަށުގައި ބޯފެނުގެ ނިޒާމް ގާއިމު ކުރެވިފަ ނުވާ އިރު، ކައުންސިލުން ބުނީ އެ މަސައްކަތް މިހާރު ދަނީ ކުރަމުން ކަމަށާއި، އަދި ތިން ހަތަރު މަހެއް ތެރޭގައި އެ މަސައްކަތް ނިމޭނެކަމަށް ލަފާކުރެވޭކަމަށެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *