logo minivan

English

ހޮނިހިރު, 27 ޖުލައި 2024

ރާއްޖޭގެ ބައެއް ވިޔަފާރިވެރިންގެ ކިބައިން މަކަރާއި ޙީލަތްތެރިކަން ފެންނަމުންދޭ: ޚުތުބާ

ރާއްޖޭގެ ބައެއް ވިޔަފާރިވެރިންގެ ކިބައިން މަކަރާއި ޙީލަތްތެރިކަން ފެންނަމުންދާކަމަށާއި، އެއީ ފާފަވެރިވާނެކަމެއްކަމަށް ވިދާޅުވެ، އެފަދަ ކަންކަމުން ދުރުހެލިވުމަށް މިއަދުގެ ހުކުރު ޚުޠުބާގައި ގޮވާލައްވައިފިއެވެ.

މިއަދުގެ ހުކުރު ޚުތުބާގެ މައުލޫއަކީ މަކަރާއި ހީލަތް ހެދުމެވެ. ހުތުބާގައި ވިދާޅުވެފައިވަނީ މަކަރު ހެދުން އެއީ އެމީހާގެ ވިޔަފާރިއާއި މެދު މީހުންގެ އިތުބާރު ގެއްލޭކަމެއްގެ އިތުރުން އެމީހެއްގެ ދެދުނިޔޭގެ ބާއްޖަވެރިކަންވެސް ގެއްލިގެންދާނެކަމެއްކަން ހުކުރު ޚުޠުބާގައިވަނީ ހަނދާންކޮށްދެއްވާފައެވެ.

"ޒަމާނީ ވަޞީލަތްތަކުގެ ބޭނުން ނަހަމަގޮތުގައި ހިފައި މީސްތަކުންގެ މުދާ ފޭރިގަތުމަށް ބޭނުންކުރާ އުކުޅުތަކާއިމެދު ފާރަވެރިވެ ތިބުމަކީ މުހިއްމުކަމެއް. އެކި ބާވަތްބާވަތުގެ ދަޅަދައްކައިގެން ފޯނަށް ފޮނުވޭ އޯޓިޕީތައް ހޯދައި، އީމެއިލްއާއި އިންޓަރނެޓް ބޭންކިންއިން އެކައުންޓްތަކަށްވަދެ ފައިސާ ފޭރިގަތުމުގެ ޝަކުވާގެ އަޑުވަނީ މުޖުތަމަޢުގައި ގަދަވެފައި. އެހެންކަމުން އަޅުގަނޑުމެންގެ މައްޗަށް ވާޖިބުވެގެންވަނީ މިފަދަ ކެހިވެރި ފަރާތްތަކުގެ ދަނތުރަތަކުން ސަލާމަތްވުމަށް އަބަދުމެ ހޭލައިތިބުމަށް." ޚުޠުބާގައި ވިދާޅުވިއެވެ.

ކޮންމެ މީހެއްގެވެސް ދިރިއުޅުމުގެ މަޤްސަދަކީ ދެދުނިޔޭގެ ބާއްޖަވެރިކަން ހޯދުންކަމަށްވާއިރު، ބައެއް ވިޔަފާރިވެރިންގެ ކިބައިން ފެންނަ މިނުބައި އާދައިގެ ސަބަބުން އެމަޤްސަދު އެފަރާތްތަކަށް ޙާސިލުނުވާނެކަން ޚުޠުބާގައިވަނީ ހަނދާންކޮށްދެއްވާފައެވެ.

"މަކަރުހަދައި އޮޅުވާލަމުންދިޔަ ޤައުމުތަކުގެ ތެރޭގައި ޝުޢައިބު ޢަލައިހިއްސަލާމްގެ ޤައުމު މަދްޔަނު ހިމެނޭ. މިނެކިރުމުގައި މަކަރުހަދައި އޮޅުވާނުލުމަށް ޝުޢައިބުގެފާނު އެބައިމީހުންނަށް ނަސޭޙަތްތެރިވެ އިންޒާރު ދެއްވި. ނަމަވެސް އެމީހުން އެއަޑެއް ނޭހި، ނަތީޖާއަކީ ޚާލިޤުވަންތަ މާތްﷲ އުޑުން ޢަޛާބު ފޮނުއްވައި އެބައިމީހުން ހަލާކުކުރައްވައި ނެތިކުރެއްވި." ޚުޠުބާގައި ވިދާޅުވިއެވެ.

ހަމައެއާއެކު މީސްތަކުންނަށް ނުހަނު ބޭނުންޖެހިފައިވާ މުދަލެއް ބާޒާރަށް ނުނެރެ ހިފެހެއްޓުމަށްފަހު އެމުދަލުގެ އަގު ބޮޑުކޮށްގެން ބާޒާރަށް ނެރެ ވިއްކުމަކީ އިޙްތިކާރުކުރުންކަމަށާއި، އެއީ އިސްލާމްދީން ހުއްދަކުރާކަމެއް ނޫންކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *