logo minivan

English

ހޮނިހިރު, 27 ޖުލައި 2024

ބޯހިޔާވަހިކަމުގެ އެންމެ ގިނަ އާމަޝްރޫއުތައް ފަށާފައިވަނީ މިސަރުކާރުން: ހައުސިންގ މިނިސްޓްރީ

އެންމެ ގިނަ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވަނީވެސް، ބޯހިޔާވަހިކަމުގެ އެންމެ ގިނަ އައުމަޝްރޫއުތައް ފަށާފައިވަނީ މި ސަރުކާރުންކަމަށް ހައުސިން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

2023 ވަނަ އަހަރަށް ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓާއި ބެހޭގޮތުން ޕީއެސްއެމް ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗާ ގެ ސީނިއަރ އެގްޒެކެޓިވް ޑައިރެކްޓަރ މުޙައްމަދު އާރިފް ވިދާޅުވީ، މާލެއާއި އަތޮޅު ތެރެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް އިޙްލާސްތެރިކަމާއެކު ހައްލުހޯއްދަވައިދެއްވުމުމުގެ ވިސްނުން ގެންގުޅެފައިވަނީ ހަމައެކަނި މި ސަރުކާރުން ކަމަށެވެ. އަދި އެދާއިރާއިން ސަރުކާރުން ކުރަމުންއަންނަ މަސައްކަތްތަކަތައް ރައްޔިތުންގެ ފުރިހަމަ އިތުބާރާއި ޔަގީންކަން ލިބިފައިވާކަމަށާއި އަދި އެއްމެ ގިނަ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވަނީވެސް ބޯހިޔާވަހިކަމުގެ އެއްމެ ގިނަ މަޝްރޫއުތައް ފަށާފައިވަނީވެސް މި ސަރުކާރުން ކަމަށް އާރިފް ވިދާޅުވިއެވެ.

ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކޮށްދެއްވުމަށް ސަރުކާރުން ގެންގުޅޭ ޕްލޭނުގެ ދަށުން މިހާރުވެސް އަތޮޅުތެރޭގެ އެކި ރަށްރަށުގައި 2600 އަށްވުރެގިނަ ހައުސިންޔުނިޓްގެ މަސައްކަތް އެކި މަރުހަލާތަކުގައި ހިނގަމުންދާކަން އާރިފް ފާހަގަކުރެއްވިއެވެ. އަދި 2011 އިންފެށިގެން އަތޮޅުތެރޭގެ އެކި ރަށްރަށުގައި އިމާރާތްކުރަންފެށި 1700 އަށްވުރެ ގިނަ ހައުސިންގ ޔުނިޓް ގެ މަސައްކަތް އެކި މަރުހަލާތަކުގައި ހުއްޓިފައިވަނިކޮށް އެމަސައްކަތްތައް އަލުންފަށައި ދިރިއުޅުމަށް ބޭނުންވާ ވަސީލަތްތައް ގާއިމްކޮށްދީ އޭގެތެރެއިން 1200 އަށްވުރެ ގިނަ ހައުސިންގ ޔުނިޓަށް މިހާރު މީހުން ވައްދާފައިވާ ކަމަށް އާރިފް ވިދާޅުވިއެވެ. އަދި ސަރުކާރުން އެމަސައްކަތް ކުރިއަށްގެންދަނީ ކައުންސިލްތަކާއި މަޝްވަރާކޮށް ވަރަށްބޮޑަށް ކައުންސިލްތަކުގެ ބައިވެރި ވުމާއެކުގައިކަން ފާހަގަކުރެއްވިއެވެ. އަދި ހައުސިންގ ޔުނިޓް ލިބޭފަރާތްތައް ކަނޑައެޅުމުގެ މަސައްކަތަކީ މިނިސްޓްރީގެ ލަފާގެ މަތިން ކައުންސިލުން ކުރުމަށް ކަނޑައަޅާފައިވާ މަސައްކަތެއްކަންވެސް ފާހަގަކުރެއްވިއެވެ.

މިސަރުކާރުން ނިންމާ ހައުސިންގ ޔުނިޓްތައް ހުންނާނީ ދިރިއުޅުމަށް ބޭނުންވާ ޒަރޫރީ އެއްމެހާ ވަސީލަތްތައް ގާއިމްކުރެވި ތަނުގެ ބޭނުން ކުރެވޭ ގޮތައް ކަމަށް އާރިފް ވިދާޅުވިއެވެ. ނަމަވެސް މި ސަރުކާރު އައިއިރު 2011 ވަނަ އަހަރުން ފެށިގެން އަތޮޅުތެރޭގައި އިމާރާތްކުރަންފެށި 1200 އަށްވުރެ ގިނަ ހައުސިންގ ޔުނިޓް ނަރުދަމާއާއި ފެނާއި ކަރަންޓް ގެ ވަސީލަތް ގާއިމްކުރުމަކާނުލައި ބައެއް ރަށްރަށުގެ ފެނަކަ ބޭނުންކޮށްގެން ލިސްޓް އިވެލުއޭޓްކޮށް މިދިޔަ ސަރުކާރުން މީހުންނާއި ހަވާލުކޮށްފައި ވާކަމަށާއި ނަމަވެސް މިސަރުކާރުގެ ފުރަތަމަ އަހަރުގެ އަމާޒަކަށްވީ އެތަންތަނަށް ވަސީލަތްތައް ފޯރުކޮށްދީ އެތަންތަނުގައި މީހުންނަށް ދިރިއުޅެވޭނެގޮތް ހަދައިދިނުންކަންވެސް ފާހަގަކުރެއްވިއެވެ.

މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯއްދަވައިދެއްވުމަށް ސަރުކާރުން ކުރިއަށްގެންދާ ގެދޮރުވެރިން ޕްރޮގްރާމްގެ މައުލޫމާތުވެސް އާރިފް ވަނީ ހިއްސާ ކުރައްވާފައެވެ.

"މާލެއަކީ ރާއްޖޭގައި ބޯހިޔާވަހިކަމުގެ އެއްމެ ބޮޑެތި މައްސަލަތައް ކުރިމަތިވެފައިވާތަން، މި ތަނުގެ މި މައްސަލައަށް އެކަށޭނަ ހައްލެއް ހޯއްދަވައިދެއްވުމަކީ ސަރުކާރުން މިދާއިރާއިން އެންމެ އިސްކަންދޭ އެއްކަންތައް" އާރިފް ވިދާޅުވިއެވެ.

މިގޮތުން މާލެ ސަރަޙައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ގެދޮރުވެރިން ޕްރޮގްރާމަށް ހުޅުވާލުމާއެކު 35861 އެޕްލިކޭޝަން ހުށަހަޅާފައިވާކަމަށާއި އޭގެ ތެރޭގައި 45755 މީހުން ހިމެނޭ ކަމަށެވެ.

"މި އަދަދުތަކަށްބަލާއިރު މާލެ ސަރަހައްދުގައި ބޯހިޔާވަހިކަމުގެ މައްސަލަ އޮތް މިންވަރު ތަސައްވަރު އެބަކުރެވޭ، ސަރުކާރުގެ އަމާޒަކީ މާލެ ސަރަޙައްދުގައި ބޯހިޔާވަހިކަމުގެ މައްސަލަ އަށް އަވަސް ހެޔޮބަދަލެއް ގެނެސްދިނުން، ބޯހިޔާވަހިކަމަށް އެދުނު ފަރާތްތަކުގެ އިވެލުއޭޝަންގެ މަސައްކަތް ވަރަށްބާރަށް ކުރިއަށް އެބަދޭ" އާރިފް ވިދާޅުވިއެވެ.

ސަރުކާރަށް 4 އަހަރުވެގެން އަންނައިރު ހައުސިންގެ ދާއިރާގެ ކާމިޔާބީ ތަކަށް ބަލާއިރު މި ސަރުކާރަކީ ރާއްޖޭގެ ތާރީހުގައިވެސް ބޯހިޔާވަހިކަމުގެ އެއްމެ ގިނަ ޕްރޮގްރާމްތައް ހިންގާ ސަރުކާރުކަމަށާއި ކުރީގެ ސަރުކާރުން ވިރާނާވާން ދޫކޮށްލާފައިވާ ބޯހިޔާވަހިކަމުގެ އެތައް މަޝްރުއުއެއް އަލުންފަށައި އޭގެ ތެރެއިން ގިނަ ހައުސިންގ ޔުނިޓް ތަކަށް މިހާރު މީހުން ވެއްދިފައިވާކަމަށް އާރިފް ވިދާޅުވިއެވެ. އަދި މިސަރުކާރުން މުޅިން އަލަށްފެށި ހައުސިންގެ ބައެއް މަސްރޫއުތައްވެސް ނިމި މިހާރު މީހުން ވެއްދިފައިވާކަމަށާއި މީގެ އިތުރުން މިހާރުވެސް 3 ރަށެއްގެ ހައުސިންގ ޔުނިޓް ލިބޭފަރާތްތައް ކަނޑައަޅއުމުގެ މަސައްކަތް އެރަށްރަށުގެ ކައުންސިލް ތަކުން ކުރަމުން އަންނަކަން އާރިފް ފާހަގަކުރެއްވިއެވެ.

"ހައުސިންގގެ ކާމިޔާބީގެ ތެރޭގައި ނަރުދަމާއާއި ފެނާ ކަރަންޓްގެ ހިދުމަތް ގާއިމްނުކޮށް ކުރީގެ ސަރުކާރުން ދޫކޮށްލާފައިވާ 1200 ހައުސިންގ ޔުނިޓްވެސް މި ސަރުކާރުންވާނީ އެތަންތަނުގައި މީހުން ދިރިއުޅުމަށް ބޭނުންވާ ހުރިހާ ވަސީލަތްތަކެއް ގާއިމްކޮށްދީ މީހުންވައްދާފައި، މާލެ ސަރަޙައްދުގެ ބޯހިޔާވަހިކަމުގެ މައްސަލާގެ އިތުރަށް ބޯހިޔާވަހިކަމުގެ ސްކީމަކަށް ކުރިމަތިލުމަކީވެސް މީގެ ކުރިން ވަރަށްބޮޑެތި ތަކުލީފް އުފުލަންޖެހޭކަމެއް، ނަމަވެސް މި ސަރުކާރުންވަނީ އެކަމަށްވެސް އިތުބާރުހުރި ލުއިފަސޭހަ ނިޒާމެއް ގާއިމްކޮށްދީފައި." އާރިފް ވިދާޅުވިއެެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *