logo minivan

English

ހޮނިހިރު, 27 ޖުލައި 2024

ރުފިޔާގެ ނިޝާނާ އެކު 50 ރުފިޔާގެ އާ ނޫޓު އަންނަމަހު ނެރެނީ

ދިވެހި ރުފިޔާގެ ނިޝާނުގެ ގޮތުގައި ފުރަތަމަ ފަހަރަށް ތައާރަފްކުރި 50 ރުފިޔާގެ އާ ނޫޓު އަންނަމަހު ނެރޭނެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު  ބުނެފިއެވެ.
އެމްއެމްއޭއިން މިއަދު ކުރި އިއުލާނެއްގައި ބުނީ މިމަހުގެ 13 ވަނަ ދުވަހު ތައާރަފުކޮށްފައިވާ 50 ރުފިޔާގެ އައު ނޫޓު ބާޒާރުގައި މިހާރު ދައުރުވާ ފައިސާގެ ތެރެއަށް އަންނަމަހު ނެރެން ނިންމާފައިވާ ކަަމަށެވެ. އަލަށްނެރޭ އެ ނޫޓުގެ ދެފުށުގައި ދިވެހި ރުފިޔާގެ ނިޝާން ޖަހާފައި ހުންނާނެ ކަމަށާއި ނިޝާން ޖަހާފައި ހުންނާނީ ނޫޓުގެ މޫނުމަތީގެ ވައަތްފަރާތުން މަތީގައިވާ، މޫނުމަތީ އަގާއެކު އަދި ނޫޓުގެ ފަހަތުގެ ކަނާއަތް ފަރާތުން މަތީގައިވާ، މޫނުމަތީ އަގާއެކުގަ އެވެ.
ފަންސާސް ރުފިޔާގެ އާ ނޫޓުގައި ސޮއިކުރައްވާފައި ވަނީ އެ އޮތޯރީޓިގެ މިހާރުގެ ގަވަރުނަރު އަލީ ހާޝިމެވެ. މިއީ އެމްއެމްއޭގެ ގަަވަރުނަރުގެ ހައިސިއްޔަތުން އޭނާ ސޮއިކުރެއްވި ފުރަތަމަ ނޫޓެވެ. ރާއްޖޭގައި މިހާރު ބޭނުންކުރާ ނޫޓުތަކުގައި ސޮއިކުރައްވާފައި ވަނީ ކުރީގެ ގަވަރުނަރު އަޒީމާ އާދަމެވެ.

އާ ނޫޓުގައި ޖެހި ތާރީހަކީ 08 ސެޕްޓެމްބަރު 2022، 12 ސަފަރު 1444 އެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *