logo minivan

English

ހޮނިހިރު, 27 ޖުލައި 2024

50 ރުފިޔާގެ އާ ނޫޓު މިއަދުން ފެށިގެން ދައުރުވާނެ

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއިން އަލަށް ޗާޕުކުރި 50 ރުފިޔާގެ ނޯޓުތައް މިއަދުން ފެށިގެން ދައުރުކުރަން ފަށައިފިއެވެ.

އަލަށް ނެރުރު މި ނޫޓުގައި ދިވެހި ރުފިޔާގެ ނިޝާން ޕްރިންޓު ކޮށްފައިވެ އެވެ. މިއީ މި ނިޝާނާއެކު ރުފިޔާ ނެރުނު ފުރަތަމަ ފަހަރެވެ.

ރުފިޔާގެ ނިޝާނާ އެކު 50 ރުފިޔާގެ އާ ނޫޓު އަންނަމަހު ނެރެނީ

ފަންސާސް ރުފިޔާގެ އާ ނޫޓުގައި ސޮއިކުރައްވާފައި ވަނީ އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމެވެ. މިއީ އެމްއެމްއޭގެ ގަަވަރުނަރުގެ ހައިސިއްޔަތުން އޭނާ ސޮއިކުރެއްވި ފުރަތަމަ ނޫޓެވެ.

އަލަށް ޗާޕުކޮށްގެން މިނެރުނު 50 ރުފިޔާގެ ނޫޓާއި އެކު މިހާރު ބޭނުން ކުރަމުންދާ 50 ރުފިޔާގެ ނޫޓުވެސް ބޭނުންކުރެވޭނެ ކަމަށް އެމްއެމްއޭއިން ބުނެއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *