logo minivan

English

ހޮނިހިރު, 27 ޖުލައި 2024
ވައިރަސް ސިފަކޮށްދޭ ކުރެހުމެއް. ކުރެހުން:ނިއުސައިންޓިސްޓް ޑޮޓްކޮމް

މިހާރު ފެތުރޭ ހުރިހާ ރޯގާއަކާ ދެކޮޅަށް އެއް ވެކްސިން!

މިހައިތަނަށް ދެނެގަނެވިފައިވާ 20 ބާވަތުގެ ރޯގާ (ފްލް) އަކާ ދެކޮޅަށް ބޭނުންކުރެވިދާނެ ވެކްސިނެއް އުފެއްދުމުގައި ކާމިޔާބު ހޯދިފައިވާ ކަމަށް ސައިންސްވެރިން ބުނެފި އެވެ.

އެމެރިކާގެ ދަ ޖާނަލް އޮފް ސައިންސް ގައި ޝާއިއުކުރި ދިރާސާ ރިޕޯޓްގައިވާ ގޮތުން އެ ކާމިޔާބު ވެކްސިންގައި ވެސް ބޭނުންކޮޮށްފައި ވަނީ ކޮވިޑް-19 އަށް އުފެއްދި ވެކްސިންގައި ވެސް ބޭނުންކޮށްފައިވާ މައިގަނޑު މާއްދާ ކަމަށްވާ ރިބޮނިއުކްލެއިކް އެސިޑް (އެމްއާރްއެންއޭ) އެވެ.  ރޯގާ ޖައްސާ ވައިރަސް ތަކަކީ އަބަދުވެސް ބަދަލުވަމުން (މިއުޓޭޓްވަމުންދާ) ވައިރަސްތަކެވެ. އާ ވެކްސިނަކީ ކުރުމުއްދަތުގައި އަންނަ އެފަދަ ބަދަލުތަކަށް ފަހު ވެސް އެ ވައިރަސްތަކުން މީހުން ދިފާއުކޮށްދޭ ފަދަ ވެކްސިނެއް ކަމަށް ރިސާޗަރުންނާ ހަވާލާދީ ދަ ޖާނަލް އޮފް ސައިންސް އިން ބުންޏެވެ.

އެހެން ނަަމަވެސް އަލަށް އުފެދޭ ބަލިމަޑުކަމަކުން ދިފާއުވާން އެ ވެކްސިނުގެ ބޭނުމެއް ނުހިފޭނެ އެވެ.

މީދަލާއި ފެރެޓް ބޭނުންކޮށްގެން ކުރި ޓެސްޓްތަކުގެ ނަތީޖާ ދައްކާ ގޮތުނ،ް އާ ވެކްސިން ދިނުމާ އެކު ހަށިގަނޑުގައި ގިނަ އަދަދަކަށް އެންޓިބޮޑީސް އުފެެދެ އެވެ. އަދި އެގޮތުން އުފެދޭ އެންޓިބޮޑީސް އަކީ ފުޅާ ދާއިރާއެއްގައި ގިނަ ބާވަތްތަކެއްގެ ޖަރާސީމާ ހަނގުރާމަކުރާ އެންޓިބޮޑީ ތަކެކެވެ. އެ ވެކްސިނުގައި އެންޓިންޖެންޓްގެ ގޮތުގައި ބޭނުންކޮށްފައި ވަނީ އިންފްލުއެންޒާގެ ބާވަތްތަކުގެ ތެެރެއިން މިހައިތަނަށް ދެނެގަނެވިފައިވާ 20 ބާވަތުގެ ވައިރަހުގެ، ރައްކާތެރި މިންވަރުގެ ކޮޕީތަކެވެ. އަދި އެއީ އެ ވައިިރަސްތަކާ ދެކޮޅަށް މަސައްކަތްކުރަން މީހުންގެ ދިފާއީ ނިޒާމު ހޭނުވުމުގެ ގާބިލުކަން ލިބިފައިވާ ކޮޕީތަކެކެވެ.

"އަސްލުގައި މި ވެކްސިނުން މިވާ ކަމަކީ ތަފާތު ގިނަ ބާވަތްތަކުގެ ފްލޫއާ ދެކޮޅަށް މަސައްކަތްކުރަން ބޭސްލައިން ލެވެލްގެ ދިފާއެއް މީހުންގެ ހަށިގަނޑުގައި އުފެއްދުން،" ދިރާސާގައި އިސްކޮށް މަސައްކަތް ކުރެއްވި ޑރ. ސްކޮޓް ހެންސްކީ ބީބީސީއަށް ވިދާޅުވެފައި ވެ އެވެ.

އޭނާއަކީ އެމެރިކާގެ ޔުނިވާސިޓީ އޮފް ޕެންސިލްވޭނިއާގައި މަސައްކަތްކުރައްވާ ސައިންސްވެރިއެކެވެ.

ޑރ.ހެންސްލީ ލަފާކުރައްވާ ގޮތައި އަލަށް އުފެއްދި ވެކްސިން ދިނުމުން، އަލަށް އުފެދޭ ވައިރަސްތަކާ ދެކޮަޅަށް ވެސް ކޮންމެވެސް ވަރަކަށް މަަސައްކަތްކުރުމުގެ ބާރު، ހަށިގަނޑުގެ ދިޗފާއީ ނިޒާމަށް ލިބޭނެ އެވެ. އަދި އެ ވެކްސިން ގިނަ ބަޔަކަށް ދީފި ނަމަ، ދެން އަންނަ ބޮޑު ބަލިމަޑުކަމެއްގައި  މީހުން މަރުވާ އަދަދު ދަށްކުރެވޭނެ އެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *