logo minivan

English

ހޮނިހިރު, 27 ޖުލައި 2024

ފަހު މެޗުން ބަލިވިއަސް ފްރާންސްއަށް އެއްވަނަ، ދެވަނަ އޮސްޓްރޭލިއާއަށް

ގްރޫޕް ޑީގެ ފަހު މެޗުން ބަލިވިނަމަވެސް ގްރޫޕްގެ އެއްވަނާގައި ފްރާންސް ދެވަނަ ބުރުން ޖާގަ ހޯދައިފިއެވެ.

އެންމެ ފަހުގެ ޗެމްޕިއަނުން ފްރާންސް ބަލިވީ ރޭ ކުޅުނު ގްރޫޕްގެ ފަހު މެޗުގައި ޓިއުނީޝިއާ އަތުން އެކެއް ސުމަކުންނެވެ. މިމެޗަށް ނިކުތް އިރުވެސް ދެވަނަ ބުރު ޔަގީންކޮށްފައިވާ ފްރާންސްއިން މެޗަށް ނެރުނީވެސް މުޅިން ބަދަލުވެފައިވާ ޓީމެކެވެ. މިގޮތުން ގްރޫޕް ސްޓޭޖުގެ ފުރަތަމަ ދެ މެޗުގައި ކުޅުނު ކުޅުންތެރިންގެ ތެރެއިން މިމެޗުގެ ފުރަތަމަ އެގާރައިގައި ހިމަނާފައިވަނީ އެންމެ 2 ކުޅުންތެރިންނެވެ. އެއީ ޑިފެންޑަރު ރަފައެލް ވަރާން އާއި މިޑްފިލްޑަރ އޫރީލިއަން ޗޫމޭނީއެވެ.

ދުނިޔޭގެ ޗެމްޕިއަނުންގެ މައްޗަށް ކުރި ހޯދުނު ނަމަވެސް ޓިނުއީޝިއާއަށް ގްރޫޕް ސްޓޭޖު ނިންމާލަން ޖެހުނީ ތިން ވަނާގައެވެ. މި ގްރޫޕުން ފްރާންސްގެ ފަހަތުން ދެވަނަ ބުރުގެ ޖާގަ ޔަގީން ކުރީ އޭޝިއާއިން މުބާރާތައް ކޮލިފައިވި އޮސްޓްރޭލިއާއެވެ.

އޮސްޓްރޭލިއާ ދެވަނަ ބުރު ޔަގީން ކުރީ ރޭ ޑެންމާކާ ބައްދަލުކުރި މެޗު އެކެއް ސުމަކުން ކާމިޔާބުކޮށް ޖުމްލަ 6 ޕޮއިންޓް ހަމަކޮށްގެންނެވެ.

ދެވަނަ ބުރުގައި އޮސްޓްރޭލިއާ ނިކުންނާނީ ގްރޫޕް ސީގެ އެއްވަނަ އާޖެންޓީނާ އާއި ދެކޮޅަށެވެ. އަދި ފްރާންސް ދެވަނަ ބުރުގައި ބައްދަލުކުރާނީ ގްރޫޕް ސީގެ ދެވަނަ ޕޮލެންޑާއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *