logo minivan

English

ހޯމަ, 02 ޑިސެމްބަރ 2024

ފުލުހުންގެ ޗެކްޕޮއިންޓަކަށް މަޑުނުކުރި ޒުވާނަކު ފްރާނުސްގައި މަރާލައިފި

ފަރަންސޭސިވިލާތުގައި އުމުރުން 17 އަހަރުގެ ޑްރައިވަރަކަށް، ފުލުހުން ބަޑިޖަހައި މަރާލުމާ ގުޅިގެން ހިނގި ހަމަނުޖެހުންތަކުގައި 77 މީހަކު ހައްޔަރުކޮށްފިއެވެ.

ނަހެލް އެމް ނަމަކަށް ކިޔާ އެ ޒުވާނާ މަރުވީ އުމުރުން ފުލުހުންގެ މަޑުކުރަން އެންގި އެންގުމަށް ބޯނުލަނބާ ދުއްވާލުން އުޅުމުން ފުލުހުން ބަޑި ޖެހުމުންނެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި ބުދަ ދުވަހު ޕެރިހުގައި ކާރުތަކުގައި ރޯކޮށްލާފައެވެ. އޭއެފްޕީން ބުނި ގޮތުގައި ހަމަނުޖެހުން ހިންގި މީހުން ވަނީ ފްރެސްނެސްގެ ޖަލަކަށް އަމާޒުކޮށް ބަޑިޖަހާފަވެ.

ނަހެލް ނިސްބަތްވާ ޕެރިސްގެ އަވަށެއް ކަމަށްވާ ނަންޓެރޭގައި ހަމަނުޖެހުންތައް އިތުރުވެފައިވާއިރު މުޒާހަރާގެ ބައިވެރިން ވަނީ ޕޮލިސް ސްޓޭޝަންތަކަށް އަމާޒުކޮށް ބަޑި ޖަހާފައެވެ.

ހުޅަނގުގެ އަވަށެއް ކަމަށްވާ ރެނެސްގައި މަރުވި ޒުވާނާގެ ހަނދާނުގައި ގާތްގަނޑަކަށް 300 އެއްހާ މީހުން އެއްވިއެވެ.

ބަޑި ޖެހި ކަމަށް ތުހުމަތު ކުރެވޭ ފުލުސް މީހާ މިވަގުތު ހުރީ ފުލުހުންގެ ބަންދުގައެވެ. އޭނާގެ މައްޗަށް އުފުލާފައިވަނީ ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ.

އޮފިސަރުންނަށް ހަތިޔާރު ބޭނުން ކުރެވޭނެ ހާލަތްތައް ފުޅާކޮށް 2017 ވަނަ އަހަރު ގާނޫނަށް ގެނައި އިސްލާހަށް އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމިއްޔާތަކުން ފާޑުކިޔައިފިއެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *