logo minivan

English

ހޮނިހިރު, 27 ޖުލައި 2024
ފްރާންސުގައި ބޭއްވި މުޒާހަރާގައި ދެ މިލިއަނެއްހާ މީހުން ބައިވެރިވި

ރިޓަޔާކުރާ އުމުރު 64 އަހަރު ބަދަލުކުރުމުން ފްރާންސުގައި މުޒާހަރާ

ރިޓަޔާމަންޓް އުމުރު މަތިކުރުމަށް ސަރުކާރުން ނިންމި ނިންމުމާއި ދެކޮޅަށް އެއް މިލިއަނަށްވުރެ ގިނަ މީހުން ފްރާންސުގެ އެކި ސަރަހައްދުތަކުގައި މުޒާހަރާތައް ބާއްވައިފިއެވެ.

ޕެރިސް، މާސޭ، ޓޫލޫސް، ނަންޓެސް އަދި ނީސް ފަދަ ބޮޑެތި ސިޓީތަކުގައި ކުރި މުޒާހަރާތަކުގެ ސަބަބުން ދަތުރުފަތުރުގެ ގިނަ ހިދުމަތްތަކެއް ހުއްޓުނެވެ. މުޒާހަރާއާ ހެދި އައިފިލް ޓަވަރު ވަނީ ޒިޔާރަތްކުރާ މީހުންނަށް ބަންދުކޮށްފައެވެ. ފްރާންސްގެ ދާހިލީ ވުޒާރާއިން ބުނީ އެގައުމުގެ އެކި ކަންކޮޅުތަކުގައި މިލިއަނަށްވުރެ ގިނަ މީހުން މަގުތަކަށް ނިކުމެފައިވާއިރު، އޭގެ ތެރޭގައި ޕެރިހުގައި މުޒާހަރާގެ ބައިވެރިންގެ ކުދި ގްރޫޕްތަކުން ރަޔަޓް ފުލުހުންނާ ދިމާލަށް ފުޅިއާއި ހިލަފަދަ ތަކެތި އުކާލާފައިވާ ކަމަށެވެ.

ރައީސް އެމަނުއެލް މެކްރޯންގެ ސަރުކާރުން އިފްތިތާހުކުރި ޕެންޝަން އިސްލާހުތަކާ ދެކޮޅަށް ސިނާއީ ގޮތުން އެޅި ފިޔަވަޅުތަކާ ހެދި އެންމެ ބޮޑު އަށްޔޫނިއަނުން ވަނީ މުޒާހަރާގައި ބައިވެރިވެފައެވެ. ޕެންޝަން ނިޒާމު މާލީ ގޮތުން ހަރުދަނާ ގޮތެއްގައި ދެމެހެއްޓުމަށްޓަކައި ރިޓަޔާކުރާ އުމުރު 62 އިން 64 އަށް ފަސްކުރުމަށް ފްރާންސްގެ ރައީސް އެމަނުއެލް މެކްރޮން ގަސްދުކުރެއްވި ނަމަވެސް ޔޫނިއަންތަކުން ބުނަނީ މި ބަދަލުގެ ސަބަބުން އެ މީހުންގެ ހައްގުތަކަށް ނުރައްކާވާނެ ކަމަށެވެ.

ޕެންޝަން ފަންޑިން ޑެފިސިޓް ފޫބެއްދުމަށް މިއީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް ފްރާންސް ސަރުކާރުން ބުނި ނަމަވެސް ދިރިއުޅުމުގެ ހަރަދުތައް އިތުރުވަމުންދާ މި ދަނޑިވަޅުގައި މި އިސްލާހުތަކުގެ ސަބަބުން މަސައްކަތްތެރިން ވަނީ ރުޅިގަދަވެފައެވެ.  ފްރާންސްގެ އެޑިއުކޭޝަން މިނިސްޓްރީން ބުނި ގޮތުގައި ޕްރައިމަރީ ސްކޫލުގެ ޓީޗަރުންގެ ތެރެއިން 40 ޕަސެންޓަށް ވުރެ ގިނަ ޓީޗަރުންނާއި ހައި ސްކޫލުގެ ތިންބައިކުޅަ އެއްބައި ޓީޗަރުން ހަޅުތާލުގައި ބައިވެރިވި ކަމަށެވެ.

މެކްރޮން ހުށަހެޅުއްވި ޕެންޝަން އިސްލާހުތައް ގެނެސްފައި މިވަނީ އެހެން ގައުމުތަކެކޭ އެއްފަދައިން ފަރަންސޭސިވިލާތުގައި ވެސް ކާބޯތަކެއްޗާއި ހަކަތައިގެ ބިލުތައް ބޮޑުވުމުގެ ސަބަބުން މަސައްކަތްތެރިން ނިކަމެތިވަމުން އަންނަ ދަނޑިވަޅެއްގައެވެ. ސަރުކާރުން ގެނައި އިސްލާހުގައިވާ ގޮތުން

ފަރަންސޭސި ވިލާތުގެ ސަރުކާރުގެ ތަރުޖަމާނު އޮލިވިއޭ ވެރަން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ 40 އިންސައްތަ މަސައްކަތްތެރިންނަށް 64 އަހަރުގެ ކުރިން ރިޓަޔާ ކުރެވޭނެ ކަމަށެވެ.

"ޔޫރަޕުގައި [ޕެންޝަނަށް] އެންމެ ޕްރޮޓެކްޓިވް، އެންމެ ކުރިއަރާފައިވާ ނިޒާމު އެބައޮތް،" އޭނާ ވިދާޅުވިއެވެ. "އިސްލާހުތަކަށް ފަހުވެސް ޔޫރޯޒޯންގެ ގާތްގަނޑަކަށް ހުރިހާ ގައުމަކަށް ވުރެ ރަނގަޅު އަދި ކުރިން ފްރާންސްގައި ރިޓަޔާ ކުރާނެ،" އޭނާ ވިދާޅުވި އެވެ. ޔޫރަޕާއި ކުރިއަރާފައިވާ އެހެން ގިނަ އިގްތިސަދުތަކުގައި، ފުލް ޕެންޝަން ބެނިފިޓްސް ވެސްޓުގެ އުމުރަކީ 65 އަހަރެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *