logo minivan

English

ހޮނިހިރު, 27 ޖުލައި 2024

އެކަމަރޫން އަތުން ބަލިވިނަމަވެސް ބްރެޒިލް އެއްވަނާގައި ދެވަނަ ބުރަށް

ފީފާ ވޯލްޑް ކަޕްގެ ގްރޫޕް ޖީގެ ފަހު މެޗުގައި ކެމަރޫން އަތުން ބްރެޒިލް ބަލިވިނަމަވެސް ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި މުބާރާތުގެ ދެވަނަ ބުރުން ބްރެޒިލް ޖާގަ ހޯދައިފިއެވެ. ބްރެޒިލް މުބާރާތުގެ ދެވަނަ ބުރުން ޖާގަ ހޯދީ ގްރޫޕްގައި ކުޅުނު ފުރަތަމަ ދެ މެޗު ކާމިޔާބުކޮށް ޖުމްލަ ހަ ޕޮއިންޓާއެކުއެވެ.

ކެމަރޫން މި ހޯދި ތާރީހީ މޮޅާއެކު އެޓީމް ވެގެން ގޮސްފައިވަނީ ބްރެޒިލްގެ މައްޗަށް ވޯލްޑް ކަޕެއްގައި ކުރި ހޯދި އެފްރިކާގެ ފުރަތަމަ ޓީމަށެވެ. އަދި މިމެޗުގެ ގޯލްޖެހި ކެމަރޫންގެ ކެޕްޓަން ވިސެންޓް އަބޫބަކަރް އަކީ މި ވޯލްޑް ކަޕްގައި ބްރެޒިލް ކޮޅަށް ގޯލެއް ކާމިޔާބުކުރި ހަމައެކަނި ކުޅުންތެރިއާއެވެ.

މިގްރޫޕްގެ ދެވަނައަށް ދިޔައީ ގްރޫޕްގެ ފަހު މެޗުގައި ސާބިއާ އަތުން މޮޅުވި ސްވިޓްޒަރލޭންޑްއެވެ.

ގްރޫޕްގެ އެއްވަނަ ހޯދި ބްރެޒިލް ދެވަނަ ބުރުގައި ބައްދަލުކުރާނީ ދެކުނު ކޮރެއާ އާއެވެ. އަދި ދެވަނައަށް ދިޔަ ސްވިޓްޒަރލޭންޑް ނިކުންނާނީ ވަރުގަދަ ޕޯޗުގަލް އާއި ދެކޮޅަށެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *