logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

ރާއްޖެއަށް ވަގަށްވަދެ މަސްވެރިކަން ކުރި 3 ބޯޓެއް އަތުލައިގަނެފި

ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ޤާނޫނާ ހިލާފަށް މަސްވެރިކަން ކުރަމުންދިޔަ ސްރީލަންކާގެ ތިން މަސްބޯޓެއް މޯލްޑިވްސް ނެޝެނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން އަތުލައިގަނެފިއެވެ.

އެމްއެންޑީއެފް އިން ކުރި ޓްވިޓެއްގައި ބުނެފައި ވަނީ ދިވެހިރާއްޖޭ ކަނޑުގެ ސަރަހައްދަށް ވަދެ މަސްވެރިކަން ކުރަން އުޅުނު ތިން ބޯޓެއް އަތުލައިގަނެފައި ވާކަމަށާ، އަދި މިވަގުތު އެތިން ބޯޓު ވަނީ އެމްއެންޑީއެފް ކޯސްޓް ގާޑް ޝިޕް ޣާޒީގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ގަވައިދާ ހިލާފަށް ވަދެ، މަސްވެރިކަން ކުރާ ބޭރުގެ ބޯޓުތައް ދޭތެރެ ދޭތެރެއިން ދަނީ ފެންނަމުންނެވެ. އެމްއެންޑީއެފް އިން ވަނީ މީގެ ކުރިންވެސް މިކަހަލަ އެތައް ބޯޓެއް އަތުލައިގަނެފައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ