logo minivan

English

ހޮނިހިރު, 27 ޖުލައި 2024

މެސީ 1000 ވަނަ މެޗުގައި ޖަހައިދިން ލަނޑުން އާޖެންޓީނާ ކުއާޓަރ ފައިނަލަށް

ފީފާ ވޯލްޑް ކަޕްގެ ދެވަނަ ބުރުގައި އާޖެންޓީނާ އާއި އޮސްޓްރޭލިއާ ބައްދަލުކުރި މެޗު އާޖެންޓީނާ ކާމިޔާބުކުރީ ދޭއް އެކަކުންނެވެ.

މިމެޗުގައި މެސީ ޖެހި ލަނޑާއެކު އޭނާ ވަނީ އާޖެންޓީނާގެ ކުރީގެ ތަރި ޑިއޭގޯ މަރަޑޯނާއަށްވުރެ ގިނަ ލަނޑު އާޖެންޓީނާއަށް ވޯލްޑް ކަޕްގައި ޖަހައިދީފައެވެ. އަދި މެސީ ވަނީ ކްރިސްޓިއާނޯ ރޮނާލްޑޯވެސް މިލަނޑާއެކު ފަހަތައްޖައްސާލާފައެވެ.

އޮސްޓްރޭލިއާކޮޅަށް ޖެހި މި ލަނޑަކީ ފަސް ވަނަ ވޯލްޑް ކަޕްގައި ކުޅެމުންދާ މެސީ މިހާތަނަށް ވޯލްޑް ކަޕެއްގެ ގްރޫޕް ސްޓޭޖުން ބޭރުގައި ކާމިޔާބުކުރި ފުރަތަމަ ލަނޑެވެ. މިނަތީޖާ އާއެކު އޮސްޓްރޭލިއާ މުބާރާތުން ކަޓުވާލުމަށްފަހު ކުއާޓަރ ފައިނަލްގެ ޖާގައެއް އާޖެންޓީނާ ޔަގީންކުރި އިރު އެޓީމް ކުއާޓަރ ފައިނަލްގައި ބައްދަލުކުރާނީ ޔޫރަޕްގެ ނެދަލޭންޑްސް އާއެވެ.

ނެދަލޭންޑްސް މުބާރާތުގެ ކުއާޓަރ ފައިނަލަށް ދަތުރުކުރީ ދެވަނަ ބުރުގައި ކުޅުނު ފުރަތަމަ މެޗުގައި އެމެރިކާގެ މައްޗަށް ތިނެއް އެކަކުން ކުރި ހޯދައިގެންނެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *