logo minivan

English

ހޮނިހިރު, 27 ޖުލައި 2024

ހުޅުމާލެއަށް 4ޖީ ކޭބަލް ގުޅާލަން އޯޝަން ކަނެކްޓަށް ބިން ދޫކުރަނީ

ރާއްޖެއަށް 4ޖީ އިންޓަނެޓްގެ ހިދުމަތް ދިނުމަށް ޓަކައި ސަބްމެރިން ކޭބަލެއް ގުޅާލައި އެ ކޭބަލްގެ ކަންތައްތައް މެނޭޖްކުރާނެ މަރުކަޒެއް އަޅަން އޯޝަން ކަނެކްޓް މޯލްޑިވްސް އަށް ބިމެއް ދޫކުރުމުގެ އެއްބަސްވުމުގައި އެ ކުންފުންޏާ އެކު ހައުސިން ޑިވެލޮމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިއްޔެ ސޮއިކޮށްފި އެވެ.

އެޗްޑީސީގެ ހެޑްއޮފީހުގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފެވެ. އޯޝަން ކަނެކްޓް މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ޝިހާބެވެ.

އޯޝަން ކަނެކްޓެކްޓް މޯލްޑިވްސް (އޯސީއެމް) އިން މިދިޔަ ފެބްރުއަރީ މަހު ބުނެފައިވާ ގޮތުގައި އިންޑިއާގެ ރިލަޔަންސް ޖިއޯ އިންފޯކޮމް ލިމިޓެޑް އިން ހުޅުމާލެއަށް ގުޅައިލާނީ ނެކްސްޓް ޖެނެރޭޝަން މަލްޓި ޓެރަބައިޓް އަންޑަ ސީ ކޭބަލެއް ކަމަށްވާ "އިންޑިއާ އޭޝިއާ އެކްސްޕްރެސް[އައިއޭއެކްސް]" އެވެ. ރިލަޔަން ޖިއޯ އަކީ އިންޑިއާގައި އެންމެ ފުޅާދާއިރާއެއްގައި ފޯޖީ އިންޓަނެޓްގެ ހިދުމަތްދޭ ކުންފުންޏެވެ.

އައިއޭއެކްސް މެދުވެރިކޮށް ހުޅުމާލެ ގުޅުވައިލާނީ އިންޑިއާއާއި ސިންގަޕޫރުގައިވާ އިންޓަނެޓް ހަބްތަކާ އެވެ. އެއީ ދުނިޔޭގައި ވެސް މިވަގުތު ހުރި އެފަދަ އެންމެ ބޮޑެތި އިންޓަނެޓް ހަބްތަކެވެ.

ރިލަޔަންސް ހައި ސްޕީޑް ކޭބަލް ރާއްޖެއަށް ގުޅައިލަން ނިންމުމާ ގުޅިގެން އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް އޭރު ވިދާޅުވީ އެއީ ރާއްޖޭގެ ރައްޔިތުންނަށް އަތްފޯރާ އަގެއްގައި ފެންވަރު ރަނގަޅު ހިދުމަތެއް ދިނުމަށް ޓަކައި ކަނެކްޓިވިޓީ އިންފްރާސްޓްރަކްޗާ ބިނާކުރަން އަޅާ ފުރަތަމަ ފިޔަވަޅު ކަމަށެވެ.

"ދެކުނު އޭޝިއާގެ މައިގަނޑު ކޮމިއުނިކޭޝަން ހަބެއްގެ ގޮތުގައި ގާއިމްވާން ވެސް އަޅުގަނޑުމެން ގަސްދުކުރަން. އިގުތިސާދީ ތަރައްގީގެ އިތުރުން، މިމަޝްރޫއުގެ ސަބަބުން ހައި ސްޕީޑް އިންޓަނެޓްގެ ޒަރިއްޔާއިން އަޅުގަނޑުމެންގެ އިޖުތިމާއީ ތަރައްގީގެ ދުވެލި ވެސް ހަލުވިވާނެ،" ފައްޔާޒް އޭރު ވިދާޅުވި އެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *