logo minivan

English

ހޮނިހިރު, 27 ޖުލައި 2024

ކަނޑުމަތީގައި ހާލުދެރަވި މަސްވެރިއަކަށް ސިފައިން އެހީވެއްޖެ

މަސްވެރިކަމަށް ނުކުމެ އުޅުނު "އާއިލާ" ނަމަކަށް ކިޔާ މަސްދޯނީގެ ފަޅުވެރިޔަކު މާބޮޑަށް ހާލުދެރަވެގެން އެމްއެންޑީއެފް ކޯސްޓްގާޑް އިން އެހިތެރިކަން ފޯރުކޮށްދީފި އެވެ.

އެމްއެންޑީއެފުން ބުނީ ދ. ކުޑަހުވަދޫގެ 12 ނޯޓިކަލް މޭލު ބޭރަށް ނުކުމެއުޅުނު "އާއިލާ" ދޯނީގަ ހުރި އެމުރުން 42 އަހަރުގެ ފަޅުވެރިއަކު މާބޮޑަށް ހާލުދެރަވިކަމުގެ މައުލޫމާތު ލިބުމުން، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓުގާޑު އެދޯނި އޮތް ސަރަހައްދަށް ގޮސް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ. ހާލުދެތަވި ފަޅުވެރިޔާ މިހާރު ވަނީ އެމްއެންޑީއެފްގެ އެހީއާ އެކު ދ. އަތޮޅު ހޮސްޕިޓަލަށް ގެންގޮސްފައެވެ.

ސިއްހީ ކުއްލި އެހީއަށް ބޭނުންވާ މަސްވެރިންގެ އިތުރުން ރާއްޖޭގެ ސަރަހައްދުން ދަތުރުކުރާ ބޭރުގެ އުޅަނދުފަހަރުގައި އެފަދަ އެހީއަށް ބޭނުންވާ މީހުންނަށް ވެސް އެމްއެންޑީއެފުން އަންނަނީ ވަރަށް އަވަހަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *