logo minivan

English

ހޮނިހިރު, 27 ޖުލައި 2024
ރައީސްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް/ ފޮޓޯ: ރައީސް އޮފީސް

މަސްވެރިންގެ ދުވަހުގެ ރަސްމިއްޔާތައް ރައީސް ފަރެސްމާތޮޑާއަށް ވަޑައިގަންފި

މަސްވެރިންގެ ދުވަސް ފާހަގަ ކުރަން ސަރުކާރުން ބާއްވާ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ގދ.ފަރެސްމާތޮޑާއަށް ވަޑައިގަނެފިއެވެ.

ރައީސް އޮފީހުން ބުނީ ރާއްޖޭގެ 42 ވަނަ މަސްވެރިންގެ ދުވަހުގެ މުނާސަބަތާއި ގުޅުވައިގެން ފަރެސްމާތޮޑާގައި ކުރިއަށް ގެންދާ އެކިއެކި ހަރަކާތްތައް ރައީސް ބައްލަވައިލައްވާނެ ކަމަށެެވެ. މަސްވެރިންގެ ދުވަސް ރަސްމީކޮށް ފާހަގަކުރުމުގެ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ ފިޝަރީޒް އެކްސްޕޯއަށް ޒިޔާރަތްކުރެއްވުމުގެ އިތުރުން މަސްވެރިންގެ ދުވަހާއި ގުޅުވައިގެން ދެޖިންސަށް ހުޅުވާލައިގެން ބާއްވާ މަސްކެނޑުމުގެ މުބާރާތެއްވެސް އެމަނިކުފާނު ޝަރަފްވެރިކޮށްދެއްވާނެ ކަމަށް ވެސ ރައީސް އޮފީހުން ބުންޏެވެ.

ފަރެސްމާތޮޑާއަށް ވަޑައިގެން އެރަށުގެ ކައުންސިލާއި، އ.ތ.މ ކޮމިޓީ އާއި، މަސްވެރިންނާއިވެސް ރައީސް މިއަދު ބައްދަލު ކުރައްވާނެ ކަމަށެވެ. މިރޭ އެރަށުގައި ބާއްވާ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ ޝަރަފުވެރިކޮށްދެއްވާނީ ވެސް އެމަނިކުފާނެވެ.

އެމަނިކުފާނުގެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގަންނަވާނީ މާދަމާ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

 

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *