logo minivan

English

ހޮނިހިރު, 27 ޖުލައި 2024
އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް. ފޮޓޯ:އޭއީސީ

ހުޅުބަދަލުކުރުމުގެ ހިދުމަތް އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލްގައި ފަށައިފި

ކަކުލުހުޅު ބަދަލުކުރުމުގެ ހިދުމަތް އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލްގައި ދޭން ފަށައިފި އެވެ.

ޓާޝިއަރީ ހޮސްޕިޓަލެއްގެ ގޮތުގައި ތަރައްގީ ކުރަމުން އަންނަ އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން މިއަދު ކުރި ޓްވީޓެއްގައި ބުނީ ކަކުލުގެ ސާޖަރީ އަދި ހުޅުބަދަލުކުރުމުގެ ހިދުމަތް އެ ހޮސްޕިޓަލްގައި މިހާރު އިންތިޒާމްކޮށްފައިވާ ކަަމަށެވެ. އެ ހިދުމަތް ބޭނުންވާ ފަރާތްތަކުން އޭއީއެޗްގެ ކަށީގެ ޑޮކްޓަރުންނަށް ދައްކައިގެން ފަރުވާގެ ކަންތައްތައް ކުރިއަށް ގެންދެވޭނެ ކަމަށް ވެސް ބުންޏެވެ.

ކަކުލު ހުޅު ބަދަލުކުރަން ޖެހޭ ހާލަތު މެދުވެރިވަނީ އާތުރައިޓިސް ފަދަ، ކަށީގެ ބަލިތަކުންނާއި ކަކުލަށް ލިބޭ އަނިޔާތަކުގެ ސަބަބުން ގުދުރަތީ ހުޅާއި އެކު މީހުންނަށް ދިރިނޫޅެވޭ ހާލަތު މެދުވެރިވުމުންނެވެ. އެ އޮޕަރޭޝަންގައި ކުރާ ކަމަކީ ހަލާކުވެފައިވާ ގުދުރަތީ ހުޅު ބުރިކޮށް، އެލޯނީ ނުވަތަ އެހެން މައުދަނަކުން ހަދާފައިވާ މަސްނޫއީ ހުޅެއް، ގުޅުވުމެވެ.އެ

އެއީ ރާއްޖޭގައި ފަހަކަށް އައިސް ވަރަށް ގިނައިން ކުރަން ޖެހޭ އޮޕަރޭޝަނެކެވެ. އުމުރުން ދުވަސްވީ ގިނަ އަދަދެއްގެ މީހުން އެ ހިދުމަތް ހޯދާ އިރު މީގެ ކުރިން އެ ހިދުމަތް ލިބެން ހުރީ ހަމަ އެކަނި މާލެ ސަރަހައްދުގަ އެވެ.

ރާއްޖޭގެ ފަސް ސަރަހައްދެއްގައި ހުރި ފަސް ހޮސްޕިޓަލެއް ޓާޝަރީ ފެންވަރަށް ތަރައްގީކުރުމަކީ ސަރުކާރުގެ ވައުދެކެވެ. އޭއީއެޗަކީ އޭގެ ތެރެއިން އެއް ހޮސްޕިޓަލެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *