logo minivan

English

ހޮނިހިރު, 27 ޖުލައި 2024
ކުޑަގިރި ޕިކްނިކް އައިލެންޑް. ފޮޓޯ:އެޗްޑީސީ

ކުޑަގިރިގެ ސެކިއުރިޓީއާ ބެހޭގޮތުން އެޗްޑީސީން އެމްއެންޑީއެފާ މަޝްވަރާކޮށްފި

ކުޑަގިރި ޕިކްނިކް އައިލެންޑްގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމުގެ ކަންކަމާ ބެހޭގޮތުން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އެމްއެންޑީއެފް އާއެކު މަޝްވަރާކޮށްފިއެވެ.

އެޗްޑީސީއިން މިއަދު ބުނީ ކުޑަގިރީގެ ސަލާމަތާ ތައްކާތެރިކަން ކަށަވަރު ކުރުމަށް އެމްއެންޑީއެފް އާއި މަޝްވަރާ ކުރެވިފައިވާ ކަމަށާއި ގިނަބަޔަކު އިންތިޒާރު ކުރަމުން އަންނަ ކުޑަގިރި ޕިކްނިކް އައިލެންޑް އާންމުންނަށް ހުޅުވައިލަން އެޗްޑީސީގެ ޓީމުން ތައްޔާރުވަމުން އަންނަ ކަމަށެވެ.

 

 

ކުޑަގިރި ޕިކްނިކް އައިލެންޑް ހުޅުވުމައްޓަކައި މިހާރު ވަނީ އެރަށައް ފެރީގެ ހިދުމަތް ދޭނެފަރާތެއް ހޯދަން ވެސް އިއުލާނުކޮށްފަ އެވެ.

މާލޭ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ޕިކްނިކް ދާނެ ރަށެއް ހަމަޖައްސައިދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ. މި ވައުދުގެ ދަށުން އެއްމެ ފުރަތަމަ ޕިކްނިކް އައިލެންޑްގެ ގޮތުގައި ހަމަޖެއްސީ އެނބޫދޫ ފަޅުގައި ހިއްކާފައިވާ ސަރަހައްދެވެ. ނަމަވެސް ސަރުކާރުން ފަހުން ނިންމީ ޕިކްނިކް އައިލެންޑްއެއްގެ ގޮތުގައި ކުޑަގި ތަރައްގީ ކުރާށެވެ. އެ ރަށުގެ މަސައްކަތް މިހާރު ވަނީ ގާތްގަނޑަކަށް ނިމިފަ އެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *