logo minivan

English

ހޮނިހިރު, 27 ޖުލައި 2024

ގުޅީފަޅުގައި ހިނގި އަލިފާނުގެ ހާދިސާގައި 76 މީހަކަށް އަނިޔާވެއްޖެ، 6 މީހެއްގެ ހާލު ސީރިއަސް

ގުޅިފަޅުގައި ހުންނަ ވިލިމާލެ ބްރިޖް މަސައްކަތްކުރާ މީހުންގެ އެކެމަޑޭޝަން ބްލޮކުގައި ހިނގި އަލިފާނުގެ ހާދިސާގައި 76 މީހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން ބުނީ ގުޅީފަޅުގައި ހުންނަ އެކޮމަޑޭޝަން ބްލޮކެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި އެކި ގޮތްގޮތުން އަނިޔާވެ، ހާލު ދެރަވި 76 މީހަކަށް ޓްރީ ޓޮޕް ހޮސްޕިޓަލާއި އައިޖީއެމްއެޗްގައި ފަރުވާ ދެމުން ގެންދާ ކަމަށެވެ. މީގެތެރެއިން ޓްރީޓޮޕްގައި 63 މީހަކަށް ފަރުވާދެމުންދާއިރު  އައިޖީއެމްއެޗްގައި 13 މީހަކަށް ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުނެއެވެ. މީގެތެރެއިން 6 މީހަކުގެ ހާލު ސީރިއަސް ކަމަށް ފުލުހުން ބުނެއެވެ.

މިހާދިސާގައި އަނިޔާވެފައިވަނީ ތިލަމާލެ ބްރިޖްގެ މަސައްކަތްކުރާ އިންޑިއާގެ އެފްކޮންސް ކުންފުނީގެ މުވައްޒަފުންނަންކަމަށް މައުލޫމާތުލިބެއެވެ.

ގުޅީފަޅު އެކޮމަޑޭޝަން ބްލޮކްގައި ރޯވެފައި / ފޮޓޯ: ހުސައިން އިނާޒު

މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބުނީ ދަންވަރު 00:31 ހާއިރުއެވެ. ހާދިސާގެ ރިޕޯޓް ލިބުމާއެކު އެފްއާރުއެސްގެ ފަޔަރމަނުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ވަނީ ފަށާފައެވެ. މިގޮތުން އެފްއާރުއެސްގެ ފަޔަރމަނުން ކުރި މަސައްކަތުން އެތަނުގައި ރޯވި އަލިފާން ނިއްވާލެވިފައި ވަނީ 01:52 ހާއިރުއެވެ. އަލިފާނުގެ ޙާދިސާގައި އެކެމަޑޭޝަން ބްލޮކްވަނީ އެއްކޮށް އަނދާހުލިވެފައެވެ. އަލިފާނުގެ ހާދިސާ ހިނގި އެކެމަޑޭޝަން ބްލުގައި 465 މީހުން ދިރިއުޅޭކަމަށް އެމްއެންޑީއެފުން ބުނެއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *