logo minivan

English

ހޮނިހިރު, 27 ޖުލައި 2024
ގުޅީފަޅުގައި ހުންނަ އެމްޓީސީސީގެ އެކޮމަޑޭޝަން ބްލޮކްގައި ރޯވެފައި / ފޮޓޯ: ހުސައިން އިނާޒު

އަލިފާން ރޯވި އެފްކޮންސްގެ ސައިޓުން މީހެއްގެ ހަށިގަނޑުގެ ބައިތަކެއް ފެނިއްޖެ

ސިނަމާލެ ބުރިޖުގެ ހެދުމުގެ މަސައްކަތް ކުރަމުން އަންނަ އެފްކޮންސްގެ މުވައްޒަފުންގެ އެކޮމަޑޭޝަން ބްލޮކްގައި ހުކުރު ވިލެރޭ ހިނގި އަލިފާނުގެ ހާދިސާ އަށް ފަހު ގެއްލިގެން މީހަކު ހޯދަމުން ދަނުކޮށް އެ ސައިޓުން އިންސާނެއްގެ ހަށިގަނޑުގެ ބައިތަކެއް ފެނިއްޖެއެވެ.

ފުލުހުން ބުނީ އަލިފާނުގެ ހާދިސާއަށް ފަހު އެތަނުގައި ދިރިއުޅޭ މީހަކު މަދުކަން ފާހަގަ ކުރެވުމުން އެމީހާ ހޯދުމަށް ކުރެވުނު މަސައްކަތުން މިއަދު އިންސާނެއްގެ ހަށިގަނޑުގެ ބައިތައް ކަމަށް ބެލެވޭ ބައިތަކެއް ވަނީ ފެނިފައި ކަމަށެވެ. އެއީ އިންސާނެއްގެ ހަށިގަނޑުގެ ބައިތަކެއްތޯ އާއި ގެއްލިގެން އުޅޭ މީހާގެ ހަށިގަނޑުގެ ބައިތަކެއްތޯ ކަށަވަރު ކުރުމަށް ކުރަން ޖެހޭ ތަހްލީލްތައް ކުރުމުގެ މަސައްކަތް ދަނީ ކުރަމުން ކަމަށް ފުލުހުން ބުންޏެވެ.

ގުޅިފަޅުގައި ހުންނަ ވިލިމާލެ ބްރިޖް މަސައްކަތްކުރާ މީހުންގެ އެކެމަޑޭޝަން ބްލޮކުގައި ހިނގި އަލިފާނުގެ ހާދިސާގައި 76 މީހަކަށް އަނިޔާވިއެވެ. މީގެތެރެއިން ޓްރީޓޮޕްގައި 63 މީހަކަށް ފަރުވާދެމުންދާއިރު އައިޖީއެމްއެޗްގައި 13 މީހަކަށް ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުނެއެވެ. މީގެތެރެއިން 6 މީހަކުގެ ހާލު ސީރިއަސް ކަމަށް ފުލުހުން ބުނެއެވެ.

މިހާދިސާގައި އަނިޔާވެފައިވަނީ ތިލަމާލެ ބްރިޖްގެ މަސައްކަތްކުރާ އިންޑިއާގެ އެފްކޮންސް ކުންފުނީގެ މުވައްޒަފުންނަންކަމަށް މައުލޫމާތުލިބެއެވެ. އަލިފާނުގެ ހާދިސާ ހިނގި އެކެމަޑޭޝަން ބްލުގައި 465 މީހުން ދިރިއުޅޭކަމަށް އެމްއެންޑީއެފުން ބުނެއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *