logo minivan

English

ހޮނިހިރު, 27 ޖުލައި 2024
Ministry of finance

ބޮޑެތި އިންޓަރެސްޓްގައި ލޯނު ނަގަން ދައުލަތުން ގެރެންޓީ ނުދެވޭ އުސޫލެއް!

ލޯނަށް ފައިސާ ދެއްކުން ލަސްވުން ފަދަ ކަންކަމުގެ ސަބަބުން އިންޓަރެސްޓް ރޭޓަށް އަންނަ ބަދަލުތަކުގެ ސަބަބުން ނޫން ގޮތަކަށް، އިންޓަރެސްޓް ރޭޓް 3.5 ޕަސެންޓަނަށް ވުރެ ބޮޑުވާ ލޯނުތައް ނަގަން ދައުލަތުގެ ނަމުގައި ގެރެންޓީ ނުދޭ ގޮތަށް ސަރުކާރުން އުސޫލެއް އެކުލަވާލައިފި އެވެ.

"ދައުލަތުގެ ނަމުގައި ގެެރެންޓީ ދިނުމުގެ އޫސޫލު ގެ ނަމުގައި ސަރުކާރުގެ ގެޒެޓްގައި އިއްޔެ ޝާއިއުކުރި އުސޫލުގައިވާ ގޮތުން، ދައުލަތުގެ ނަމުގައި މީގެ ފަހުން ގެރެންޓީ ދޭނީ ވަކި ޝަރުތުތަކެއް ހަމަވާ ފަރާތްތަކަށް އަދި ވަކި ޝަރުުތުތަކެއް ހަމަވާ ލޯނުތަކަށެވެ. އެ އުސޫލުގައިވާ ގޮތުން ދައުލަތުން ގެރެންޓީ ދޭނީ ދައުލަތުގެ އިދާރާތަކަށާއި ކުންފުނިތަކަށް އަދި އަމިއްލަ ކުންފުނިތަކުގެ ތެރެއިން ޓޫރިޒަމް ދާއިރާގެ ތަރައްގީއަށް އިންވެސްޓްކުރާ ކުންފުނިތަކަށް އެކަންޏެވެ. ވަކިވަކި ފަރުދުންނަށް ދައުލަތުގެ ނަމުގައި ގެެެެެެރެންޓީއެއް ނުދޭނެ އެވެ.

ދައުލަތުގެ ނަމުގައި ގެރެންޓީ ދޫކުރާނެ ފަރާރަތްތައް

  1. ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެސަބްސިޑިއަރީތައް.
  2. ރާއްޖޭގައިި ވިޔަފާރިކުރަން ރަޖިސްޓަރީ ކޮށްފައިވާ ނުވަތަ ރީ -ރަޖިސްޓަރީ ކޮށްފައިވާ ކުންފުނިތައް.
  3. މިނިވަން މުއައްސަސާތައް
  4. ލޯކަލް ކައުންސިލްތައް

ދައުލަތުގެ ނަމުގައި ގެރެންޓީ ދޭނީ ކޮންކޮން ކަންތައްތަކަަކަށް ނަގާ ލޯނުތަކަކަށް ކަން ވެސް ފިނޭންސް މިނިސްޓްރީގެ އާ އުސޫލުގައި ބަޔާންކޮށްފައި އެބަ އޮތެވެ. އެ އުަސޫލުގައިވާ ގޮތުން ދައުލަތުގެ ނަމުގައި ގެރެންޓީ ދޭނީ ޓޫރިޒަމް ދާއިރާގެ ތަރައްގީއަށް ހިންގާ މަޝްރޫއުތަކާއި ސަރުކާރުން ހުށަހަޅާ ޝަރުތުތަކާ އެއްގޮތަށް ހިންގާ ސޯޝަލް ހައުސިން މަޝްރޫއުތަކަށާއި ތަރައްގީގެ މަޝްރޫއެއްގެ ގޮތުގައި ސަރުކާރުން އިސްކަންދޭ މަޝްރޫއުތަކަށެވެ. ފިނޭންސުން ހުއްދަދީގެން ހިންގާ މާލީ މުއާމަލާތްތަކަށް ނަގާ ލޯނުތަކަށް ވެސް އާ އުސޫލުގެ ދަށުން ގެރެންޓީ ދޭނެ އެވެ.

ދައުލަތުގެ ނަމުގައި ގެރެންޓީ ދޫކުރާނެ ލޯނުތަކާއި ދަރަނިތަކުގެ ޝަރުތުތަކެއް އެ އުސޫލުގައި އޮތަސް، ސަރުކާރުން ބޭނުންވެއްޖެ ނަމަ އެ ޝަރުތު ހަމަނުވާ ލޯނުތަކަށް ވެސް ގެރެންޓީ ދެވޭ ގޮތަށް އިސްތިސްނާއެއް ވެސް ލާފައި އެބަ އޮތެވެ.

"…މި މާއްދާގެ (ނ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ޤައުމުގެ އިގުތިޞާދީ ހާލަތަށާއި އެ އިރެއްގައި ދަރަނި ނެގެންހުރި މާކެޓް ރޭޓަށާއި އެ ދަރަނި ނަގައިގެން ހާސިލުކުރަން ބޭނުންވާ މަގުސަދަށާއި އެ ދަރަނި ނެގުމުގެ މުހިންމުކަން ފަދަ ކަންކަމަށް ރިއާޔަތްކުރުމަށްފަހު ގާނޫނު ނަންބަރު 2013/7 ( ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ
ޤާނޫނު( އާ ހިލާފުނުވާ ގޮތެއްގެ މަތީން، މިނިސްޓަރުގެ ހުއްދަ ލިޔުމުން ހޯދުމަށްފަހު މި މާއްދާގެ (ނ) ގައިވާ ޝަރުޠު އިސްތިސްނާ ކުރެވިދާނެއެވެ.،" ފިނޭންސުން ހެދި އުސޫލުގެ ތިން ވަނަ މާއްދާގެ (ރ) ގައި ވެ އެވެ.

 

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *