މާލެ ކައިރިއަށް ދޯންޏެއް ބަންޑުން ޖަހާލައިފިއެވެ.
އެމްއެންޑީއެފުން ބުނީ މާލެ ވެސްޓް ޕާރކާއި ދިމާ ބޭރުން ދޯންޏެއް ބަންޑުން ޖަހާލައިގެން އެ ދޯންޏައް އެހީތެރިކަން ފޯރުކޮށް ދިނުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ހަރަކާތްތެރި ވާންފަށާފައިވާ ކަމަށެވެ.
މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުންވިކަމުގެ މައުލޫމާތެއް ނުލިބެއެވެ. މިހާދިސާ ހިނގުމަށް މެދުވެރިވި ސަބަބެއް ކަމާބެހޭ އެއްވެސް މުވައްސަސާއަކުން އަދި ހާމައެއް ނުކުރެއެވެ.