logo minivan

English

ހޮނިހިރު, 27 ޖުލައި 2024

އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މެމްބަރުންނާ ރައީސް ސޯލިހު ބައްދަލު ކުރައްވައިފި

އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މެމްބަރުންނާ ރައީސް ސޯލިހު ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުން ކުރިއަށްދިޔައީ ސޯލްޓް ކެފޭ ރެސްޓޯރެންޓްގައެވެ. ރައީސް ސޯލިހު ކުއްލިގޮތަކަށް އެޕާޓީގެ ޤައުމީ މަޖިލީހުގެ މެމްބަރުންނާ ބައްދަލުކުރެއްވީ އެޕާޓީގެ ރިޔާސީ ކެންޑިޑޭޓަށް ކުރިމަތި ލުމަށް ފުރުޞަތު ހުޅުވާލާފައިވާ ދަނޑިވަޅެއްގައެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަމަށް މިހާތަނަށް އިއުލާންކޮއްފައިވަނީ އެޕާޓީގެ ރައީސް މުހައްމަދު ނަޝީދެވެ. ރައީސް ސޯލިހުވެސް މި ޕްރައިމަރީގައި ވާދަކުރައްވާނެކަމަށް އެކިޕޯޑިއަމްތަކުގައި ވަނީ ވިދާޅުވެފައެވެ. ނަމަވެސް ރަސްމީކޮށް އެކަން އަދި އިއުލާންކުރައްވާފައެެއް ނުވެއެވެ.

ރައީސް ސޯލިހުގެ މި ބައްދަލުކުރެއްވުމަކީ ޕްރައިމަރީއަށް ތައްޔާރުވުމުގެ ގޮތުން މަޝްވަރާ ކުރެއްވުމަށް ބޭއްވި ބައްދަލުވުމެއްކަމަށް މައުލޫމާތުލިބެއެވެ.

އެމްޑީޕީގެ ޕްރައިމަރީ އިއުލާންކުރުމާއެކު ޕާޓީގެ މެމްބަރުންގެ ސައްހަކަމާމެދު ގެންދަވަނީ ސުވާލު އުފައްދަމުންނެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *