logo minivan

English

ހޯމަ, 02 ޑިސެމްބަރ 2024

20،000 މެމްބަރުންގެ ތާއީދާ އެކު ރައީސް ސޯލިހު ރިޔާސީ ޕްރައިމަރީއަށް ފޯމު ހުށަހަޅުއްވައިފި

އެމްޑީޕީގެ 20،000 މެމްބަރެއްގެ ތާއީދާއި އެކު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަން ކެންޑިޑޭސީ ފޯމު ހުށަހަޅުއްވަައިފި އެވެ.

ތާއީދުކުރާ 20،000 މެމްބަރުންގެ ސޮޔާ އެކު ރައީސްގެ ކެންޑިޑޭސީ ފޯމު ހުށަހެޅުއްވިކަން ހާމަކުރެއްވީ އެމަނިކުފާނުގެ ކެމްޕޭން މެނޭޖަރު، ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒެވެ.

އަންނަ އަހަރު ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާނެ ބޭފުޅަކު ކަނޑައަޅަން ބާއްވާ ރިޔާސީ ޕްރައިމަރީ އެޕާޓީން އިއުލާނުކުރީ މިދިޔަ އާދީއްތަދުވަހު އެވެ. ޕްރައިމަރީގައި ވާދަކުރައްވަން ފޯމު ހުށަހެޅުމުގެ މުހުލަތު ހަމަވާނީ މިއަދު ހަވީރު 4:00 ގަ އެވެ. އެމްޑީޕީން ކުރި އިއުލާނުގައިވާ ގޮތުން ޕްރައިމަރީގައި ވާދަކުރަން ހޯދަން ޖެހޭނީ އެންމެ 500 މެމްބަރުންގެ ސޮޔެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަން މިހައިތަނަށް ފޯމު ހުށަހެޅުއްވި ހަމަ އެކަނި ދެބޭފުޅުންނަކީ ރައީސް ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. ޕްރައިމަރީގައި ވާދަކުރައްވާނެ ކަން އެމްޑީޕީގެ އެހެން އެއްވެސް ބޭފުޅަކު އަދި އިއުލާނުކުރައްވައިފައެއް ވެސް ނެތެވެ.

އެމްޑީޕީގެ ރިޔާސީ ޓިކެޓް ހޯއްދަވަން ރައީސް ސޯލިހަށް ތާއީދުކުރާ ފަރާތްތަކާއި ނަޝީދަށް ތާއީދުކުރާ ފަރާތްތަކުން ވެސް އަންނަނީ ވަރުގަދަ ކެމްޕޭނެއް ކުރަމުންނެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *