logo minivan

English

ހޯމަ, 04 ނޮވެމްބަރ 2024
ގައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ ރަސްމިއްޔާތަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކޮޅުފުށްޓަށް ވަޑައިގެންނެވުމުން އެރަށުގެ ރައްޔިތުން އެމަނިކުފާނަށް މަރުހަބާ ދަންނަވަނީ. ފޮޓޯ: ރައީސް އޮފީސް

އެއްބައިވަންތަކަމުގެ ދުވަސް ރަސްމީކޮށް ފާހަގަކުރުން، ސުނާމީގައި ބޮޑު ގެއްލުމެއް ލިބުނު ކޮޅުފުށީގައި

ރާއްޖެއަށް 2004 ވަނަ އަހަރު ކުރިމަތިވި ސުނާމީ ކާރިސާގައި ދިވެހިން ދެއްކި އެއްބައިވަންތަކަން ހަނދާކުރަން ފާހަގަކުރާ "ގައުމީ އެއްބައިވަންތަ ކަމުގެ ދުވަސް" މިއަަހަރު ރަސްމީ އިހުތިފާލުތައް، އެ ކާރިސާގައި އެންމެ ބޮޑު ގެއްލުމެއް ލިބުނު އެއް ރަށް ކަމަށްވާ މ. ކޮޅުފުށީގައި މިއަދު ފަށައިފި އެވެ.

ގައުމީ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރަން ސަރުކާރުން މިއަދު ބާއްވާ ރަސްމީ ޖަލްސާ ކޮޅުފުށީ ސްކޫލުގައި ފަށަން ތައްޔާރުވެފައި ވާއިރު، އެ ޖަލްސާ ޝަރަފުވެރިކޮށްދެއްވަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިހާރު ވަޑައިގެން ހުންނެވީ އެރަށުގަ އެވެ. ރައީސް އޮފީހުން ބުނީ ސުނާމީ ކާރިސާގައި ކޮޅުފުށިން ނިޔާވި މީހުންގެ ހަނދާނުގައި ހަދާފައިވާ ހަނދާނީ ބިނާ ރައީސް މިއަދު އިފްތިތާހުކޮށްދެއްވާނެ ކަމަށެވެ. އެ ރަށުގައި މިއަދު ބާއްވާ، "އެއްބައިވަންތަކަމުގެ ދުވަހުގެ އަތުގުޅައިލުމު"ގައި ވެސް އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެ އެވެ.

ރާއްޖެއާއި އިންޑިއާ ކަނޑުގެ އެހެން ގިނަ ގައުމުތަކަށް 2004 ވަނަ އަހަރު އެރި ސުނާމީގައި ރާއްޖޭން ދެވަނައަަށް އެންމެ ބޮޑު ގެއްލުމެއް ލިބުނު ރަށަކީ ކޮޅުފުށްޓެވެ. އެ ހާދިސާގައި އެރަށުން 10 މީހަކު މަރުވެ ހަ މީހަކު ގެއްލުނެވެ. ސުނާމީގައި ރާއްޖޭން އެންމެ ގިނަ މީހުން މަރުވީ ކޮޅުފުށި އޮންނަ މ. އަތޮޅުންނެވެ. އެއަތޮޅުން އެކަނި 34 މީހުން މަރުވި އެވެ.

ސުނާމީ ކާރިސާގައި ރާއްޖޭން ޖުމްލަ 82 މީހުން މަރުވެ 26 މީހަކު ގެއްލުނެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *