logo minivan

English

ހޮނިހިރު, 27 ޖުލައި 2024
ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް އެމްޑީޕީގެ ކޮންގްރެސްގައި ވާހަކަދައްކަވަނީ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދުކުރައްވާކަން އޭނާ މިއަދު ވަނީ ހާމަކުރައްވާފައި. ފޮޓޯ: އެމްޑީޕީ

މިހިރީ ރައީސް އަރިހުގައި، އެއީ ހިޔާލު ތަފާތުވާ މީހުންނާ އެކު މަސައްކަތް ކުރެއްވޭނެ ލީޑަރެއް: އަސްލަމް

އަންނަ އަހަރު ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާނެ ބޭފުޅަކު ކަނޑައަަޅާ ރިޔާސީ ޕްރައިމަރީއަށް ކުރަމުން އަންނަ ކެމްޕޭނުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދުކުރައްވާ ކަން ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ހާމަކުރައްވައިފި އެވެ.

ރައީސަށް ތާއީދުކުރައްވާކަން ހާމަކުރައްވަން މިއަދު ކުރެއްވި ޓްވީޓެއްގައި އަސްލަމް ވިދާޅުވީ "ރައީސް އިބޫ އަކީ ރައްޔިތުންނަށް ޓަކައި [މަސައްކަތްކުރައްްވާ] ލީޑަރެއް" ކަމަށެވެ. އެމަނިކުފާނަކީ އިންތިހާބެއް ކާމިޔާބުކުރެއްވޭ ފަދަ ލީޑަރެއް ކަމަށް ވެސް އަސްލަމް ވިދާޅުވި އެވެ.

"އެއީ ސިޔާސީ ގޮތުން ތަފާތު ހިޔާލުގެ މީހުންނާ އެކު މަސައްކަތް ކުރެއްވޭނެ ލީޑަރެއް، މަޑުމައިތިރި ލީޑަރެއް، ގައުމަށް ޓަކައި ތަސައްވުރެއް ގެންގުޅުއްވާ ލީޑަރެއް، އިބޫ އަކީ އިންތިހާބުވާނެ ފަދަ ލީޑަރެއް. އަޅުގަނޑު މިހިރީ އެމަނިކުފާނުގެ އަރިހުގައި،" ޓްވީޓުގައި އަސްލަމް ވިދާޅުވި އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރަން ފޯމު ހުށަހެޅުމުގެ މުހުލަތު މިދިޔަ ހޮނިހިރު ދުވަހު ހަމަވި އިރު، އެ އިންތިހާބަށް ކުރިމަތިލައްވާފައި ވަނީ ރައީސް އިބްރާހީމް މުަހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. އެ ދެބޭފުޅުންނަށް ތާއީދު ހޯދަން ދެ ބޭފުޅުންގެ ސަޕޯޓަރުން ވެސް އަންނަނީ ވަރުގަދަ ކެމްޕޭނެއް ކުރަމުންނެވެ.

ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމަކީ ކުރިން ރައީސް މުހައްމަދު ނަޝީދާ ވަރަށް ގާތް ގުޅުމެއް އޮތް ބޭފުޅެކެވެ. ނަޝީދުގެ ރައީސްކަމުގައި ވެސް އަސްލަމް ހުންނެވީ ހައުސިން މިނިސްޓަރަކަށެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ކިޔުންތެރިންގެ ޚިޔާލުތައް

  1. މިސަރުކާރުގެ އެންމެބޮޑު ފެއިލިއަރ. އަނެއްކާވެސް ކަމެއްނުކޮށް ހުންނަން މިނިސްޓަރުކަން ބޭނުންވެގެން ނަޝީދު ދޫކޮށްލީ. ނަތީޖާ 0 މިނިސްޓަރު. އަހަރަމެން މާލޭ އެކަކުވެސް ވޯޓެއް ނުދޭނަން.

  2. ގޯތި ކޮބާ؟
    ގޯތި ފޯމުތައްކޮބާ؟
    ފުލެޓް ކޮބާ؟
    ބްރިޖްކޮބާ؟
    ކޮންކަމެއް ރައްޔިތަކަށް ތިބޭފުޅާއަށް ކޮށްދެވުނީ؟ އެންމެ ކަމުނުދާ ވަޒީރު.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *