logo minivan

English

ހޯމަ, 09 ޑިސެމްބަރ 2024

ތިލަފުށީ ފަޅު ހިއްކަން ޗައިނާގެ ކުންފުންޔަކާ ހަވާލުކޮށްފި

ތިލަފުށި ތަރައްގީ ކުރުމަށް ބޭނުންވާ ބިން ހިތްކުމަށް ޗައިނާގެ ކުންފުންޔަކާ ހަވާލުކޮށްފިއެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ދަށަށް ތިލަފުށި ބަދަލުކުރުމާއެކު، އެޗްޑީސީއިން ވަނީ ތިލަފުށި ޒަމާނީފެންވަރަށް ތަރައްގީކުރުމަށް ނިންމައި ތިލަފުށީގެ މާސްޓާ ޕްލޭން އެއް އެކުލަވާލައިފައެވެ. މި ޕްލޭންގެ ދަށުން 150 ހެއްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ބިން ހިއްކާނީ 3 ބަޔަކަށް ބަހާލައިގެންނެވެ. ފުރަތަމަ ހިއްކުމަށް ހަމަޖެހިފައިވާނީ 40 ހެކްޓަރުގެ ބިމެވެ.

އެޗްޑީސީއިން ބުނެފައިވަނީ ބިން ހިތްކުމަށް ވާންޖެހޭ ތައްޔާރީތައް މިހާރު ވެފައިވާކަމަށާއި، މިފެށޭ ޖެނުއަރީ މަހު ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފެށިގެންދާނެކަމަށެވެ. މި މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ ޗައިނާގެ ހާބަރ ކުންފުންޏާއެވެ. އެޗްޑީސީން ބުނީ ފުރަތަމަ ބައިގެ ބިން، ކުރިއަށް އޮތް 12 މަސް ތެރޭގައި ހިއްކާ އެ ބިންތައް ދޫކުރުމަށް ޕްލޭން ކޮށްފައިވާ ކަމަށެވެ

ތިލަފުށިން އަލަށް ހިއްކާ 150 ހެކްޓަރ ބިމުގެ %60 ބޭނުންކުރާނީ ވިޔަފާރިތަކަށް ބިން ދޫކުރުމަށެވެ. އަދި ބާކީ ބަޔަކީ މަގުތަކާއި އާއްމު އެކިއެކި ޚިދުމަތްތަކާއި ގުޅޭ އިންފްރާސްޓްރަކްޗަރ ކަމުގައި އެޗަޑީސީއިން ބުނެއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *