logo minivan

English

އަންގާރަ, 15 އޮކްޓޯބަރ 2024

ރަށްވެހިން ހިޔާލު ހޯއްދަވަން، އެޗްޑީސީގެ އެމްޑީ ހިޔާސަރަހައްދަށް

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ރަށްވެހިންގެ ހިޔާލު ހޯއްދަވަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެއްޓަރ އަހުމަދު އާތިފު ހިޔާ ފްލެޓް ސަރަހައްދަށް ވަޑައިގަންނަވައިފިއެވެ.

އެޗްޑިސީ އިން ބުނީ އެ ކުންފުނީގެ އެމްޑީ ހިޔާ ސަރަހައްދަށް ވަޑައިގަތީ އެސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ފަސޭހަ ގިނަ ހިދުމަތްތަކެއް ލިބޭ ސަރަހައްދަކަށް ހެދުމަށް އެޗްޑީސީ އިން ކުރަމުން އަންނަ މަސައްކަތް ހިނގާ ގޮތް ބަައްލަވައިލެއްވުމަށާއި އެ ސަރަހައްދުގައި ދިރިއުޅޭ މީހުން އިތުރަށް ބޭނުންވާ ކަންކަން ބައްލަވަން ކަމަށެވެ.

ތީރީސް ހާހަށް ވުރެ ގިނަ މީހުން އުޅޭ ހިޔާ ސަރަހައްދުގައި ފަސޭހަކަމާއެކު ދިރިއުޅެވޭނެ ގޮތެއް ހަދަން ކުރަންޖެހޭ ގިނަ މަސައްކަތްތަކެއް އެޗްޑީސީން އަންނީ ކުރަމުންނެވެ. އެގޮތުން އެސަރަހައްދުގައި ދިރިއުޅޭމީހުންނަށް ފަސޭހަކަމާއިއެކު ވިޔަފާރީކުރެވޭނެ އިންތިޒާމް ހަމަޖައްސައިދިނުމާއި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަަކަށް ފަސޭހަ ވާނެ ގޮތަށް ރޭމްޕްތައް ގާއިމުކުރުންމާއި، ހެދިކާ ވިއްކަން ކިއޮސްކްތައް ބެހެއްޓުމުގެ މަސައް ކަތް އެޗްޑީސީން އަންނަނީ ކުރަމުންނެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *