logo minivan

English

ހޮނިހިރު, 27 ޖުލައި 2024

މަރުކޮމިޝަނުގެ ޑްރާފްޓް ރިޕޯޓް އާއްމުވުމުން މަސައްކަތް ހުއްޓުނު: ރައީސް

ގޮތް ނޭނގޭ ގަތުލުތަކާއި މީހުން ގެއްލުވައިލުމުގެ މައްސަލަތައް ތަހުގީގުކުރާ ރިޔާސީ ކޮމިޝަނުން ( މަރު ކޮމިޝަނުން) އެކުލަވައިލި ޑްރާފްޓް ރިޕޯޓްތަކެއް 2020 ވަނަ އަހަރު އާއްމުވުމާ ގުޅިގެން އެ ކޮމިޝަނުގެ މަސައްކަތް އަހަރެއްހާ ދުވަހަށް ހުއްޓުނު ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ އެ ކޮމިޝަނުގެ މަސައްކަތް ހުއްޓުނީ މައުލޫމާތު ދޭން ތިބި ފަރާތްތަކާއި ސިއްރު ހެކިން ހާމަވުމުން ކަމަށެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ސިއްރު ހެކިން ހާމަވުމުން، އެ ފަރާތްތަކުން މައުލޫމާތު ދޭން ފަސްޖެހުނު ކަމަށެވެ. ކޮމިޝަނާ ހަވާލާދެއްވައި އެމަނިކުފާނު ވިދާޅުވީ ޑްރާފްޓްތައް އާއްމުވުމާ ގުޅިގެން މަރުކޮމިޝަނުގެ މަސައްކަތް އަަހަރެއްހާ ދުވަހަށް ހުއްޓުނު ކަމަށެވެ.

އެހެން ނަަމެވެސް އެ ކޮމިޝަނުން މިހައިތަނަށް ތިން މައްސަލައެއް ނިންމައި ރިޕޯޓްތައް ރައީސަށް އަރުވާފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. އެގޮތުން އެންމެ ފަހުން  ނިންމި ރިޕޯޓަކީ ނޫސްވެރިޔާ އަހުމަދު ރިލުވާން އަބްދުﷲ ގެއްލުވައިލި މައްސަލައިގެ ރިޕޯޓެވެ.

މަރުކޮމިޝަނުގެ ޑްރާފްޓް ރިޕޯޓް އާއްމުވީ އެ ރިޕޯޓްތައް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ލިބިވަޑައިގެންނެވި ހިސާބުންނެވެ. އެ މަނިކުފާނު އެ ރިޕޯޓް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ދެއްވި އެވެ. ރިޕޯޓް ނަޝީދަށް އެރުވީ ކޮމިޝަންގެ އޭރުގެ ރައީސް އަދި މިހާރު ސުޕްރީމްކޯޓުގެ ފަނޑިޔާރު ހުސްނުއް ސުއޫދެވެ.

 

 

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *