logo minivan

English

ހޮނިހިރު, 27 ޖުލައި 2024

ރައީސް ސޯލިހު ނޫން ބޭފުޅަކު ހުންނެވި ނަމަ މިހާރު ނަޝީދު ޖަލަށް ލައްވާނެ: މާރިޔާރަ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެވަރަށް ފާޑުވިދާޅުވާ އިރު، ވެރިކަމުގައި ހުންނެވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނޫން އެހެން ބޭފުޅެއް ނަމަ މިހާރު ނަޝީދު ޖަލަށް ލައްވާނެ ކަަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ރޭ ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ސޯލިހަށް ތާއީދު ހޯދަން ރޭ އެމްޑީޕީ ހަރުގޭގައި ބޭއްވި ޖަލްސާގައި މާރިޔާ ވިދާޅުވީ 2012 ވަނަ އަހަރު އެމްޑީޕީގެ ފުރަތަމަ ވެއްޓުނު ހިސާބުން ފެށިގެން 2018 ގައި އަލުން ވެރިކަމަށް އައުމާ ހަމައަށް އެޕާޓީގެ މެމްބަރުން އުޅެން ޖެހުނީ މަގުމަތީގައިކަމަށާއި، ގޮވަން ޖެހުނީ ރައީސް ނަޝީދު މިނިވަން ކުރަން ކަމަށެވެ.

"ތެދެއްމެ ފެށުނީއްސުރެ އަޅުގަނޑުމެން ގޮވަނީ އެއް ގޮވެއްޔެެއް. ރައީސް ނަޝީދު ދޫކޮށްލައްވާ.  މިއަދު ވެސް ސަރުކާރު އަޅުގަނޑުމެން އަތުން ގެއްލިގެން ހިނގައްޖެއްޔާ އަޅުގަނޑުމެން އެ ގޮވެލި ގޮވަން ނުކުންނަށް ޖެހޭނީ،" މާރިޔާ ވިދާޅުވި އެވެ.

ސިޔާސީ ޕާޓީއެއްގެ ގޮތުގައި އެ ގޮވެލި ގޮވައިލަ ގޮވައިލާ ތިބޭނީ ކިހާ ދުވަހަކުތޯ އެމްޑީޕީގެ މެމްބަރުން ވިސްނަން މާރިޔާ އިލްތިމާސް ކުރެއްވި އެވެ.

"ހަމަ ގައިމު ވެސް ރައީސް ސޯލިހު ނޫން އެހެން ބޭފުޅެއް ނަމަ އެ ވިދާޅުވާ ފާޑާ އެ ހުރިހާ އެއްޗެއްގެ ތެރޭގައި ކެތްތެރިކަން ގެއްލި، ހަމަ އަނެއްކާ ވެސް ރައީސް ނަޝީދު ޖަލަށް ލައްވާނެ،" މާރިޔާ ވިދާޅުވި އެވެ.

މާރިޔާ މިމޭރުމުން ވާހަކަ ދައްކަވާފައި މިވަނީ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނުގައި ނަޝީދަށް ތާއީދުކުރާ ފަރާތްތަކުން އިއްޔެރޭ ބޭއްވި ޖަލްސާގައި އެމަނިކުފާނު ރައީސް ސޯލިހަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވާފައި ވަނިކޮށެެވެ. އެރޭ ނަޝީދު ދެއްކެވި ބައެއް ވާހަކަފުޅުތަކަށް މާރިޔާ ރައްދު ދެއްވި އެވެ. އޭގެ އެއް ވާހަކައަކީ ކުޑަރަށެެއް ބޮޑުރަށެއް ނުބަލައި ސޯލިހުގެ ސަރުކާރުން މަޝްރޫއުތައް ހިންގާތީ އެކަމަށް ފާޑުވިދާޅުވެ ދެއްކެވި ވާހަކަފުޅެވެ.

މާރިޔާ ވިދާޅުވީ އެއީ އެމްޑީޕީން ކުރިއްސުރެ ގެންފުޅެމުން އައި ސިޔާސަތާ އެއްގޮތަށް ކުރާ ކަމެއް ކަމަށެވެ.

 

ގުޅުންހުރި

ހިޔާލު ދެއްވާ!

ކިޔުންތެރިންގެ ޚިޔާލުތައް

  1. ާތިވިދާޅުވަނީ މި ސަރުކާރަކީި ބޭނުންވެއްޖެ މީހެއް ކުއްވެރި ނުވިއަސް ޖަލައް ގެންގޮސް ލާފާނެއޭތޯ.
    ވަރައްހަޑި ދޯ މާރީ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *