logo minivan

English

ހޮނިހިރު, 27 ޖުލައި 2024

ޖަލުގައި ހުންނެވި ރައީސް ޔާމީން މިނިވަންކުރުމަށް ގޮވާލާ އިދިކޮޅު ފަރާތްތަކުން މަގުމައްޗަށް!

ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް ތަންޒީޒިކުރައްވަމުން ގެންވަނީ ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާ އިދިކޮޅު ޕީޕީއެމް އަދި ޕީއެންސީން ކުރިއަށް ގެންދަން ރޭވި ހިނގާލުން ފަށައިފިއެވެ.

ހިނގާލުން ފަށާފައިވަނީ މާލޭގައި ހުންނަ ޕީޕީއެމް އޮފީސް ދޮރުމަތިންނެނެވެ. މިހިނގާލުމުގައި ބައިވެރިން ތިބީ "ފްރީ ރައީސް ޔާމީން" ޖަހާފައިވާ ކަޅު ޓީޝާޓެއް ލައިގެންނެވެ. ހިނގާލުމުގައި ޕީޕީއެމް ޕީއެންސީގެ ލީޑަރޝިޕްގެ ބޭފުޅުންނާއެކު ރައީސް ޔާމީނަށް ތާއީދު ކުރާ ފަރާތްތަކުން ދަނީ ބައިވެރިވަމުންނެވެ.

ހިނގާލުމުގައި ބައިވެރިވާ މީހުން ތިބީ ޤައުމީ ދިދައާއީ ޕީޕީއެމް އަދި ޕީއެންސީގެ ދިދަ ހިފައިގެންނެވެ. މާލެ ވަށައިގެން ހިނގާލުމަށްފަހު މި އިވެންޓް ނިންމުމަށް ހަމަޖެހިފައިވަނީ ހިނގާލުން ފެށި ޕީޕީއެމް އޮފީސް ކުރިމަތިންނެވެ.

 

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *