logo minivan

English

ހޮނިހިރު, 27 ޖުލައި 2024
ރާއްޖެ-ޗައިނާ ގުޅުމަށް 50 އަހަރުފުރުން ފާހަގަކުރަން ބޭއްވި ހަފުލާއެއްގައި އެގައުމުގެ ސަފީރާއި އެކު ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމު ބައިވެރިވެވަޑައިގަންނަވަނީ. މައުސޫމު ރޭ ވިދާޅުވީ މިމަހު ފަހުކޮޅު ޗައިނާއިން ޓޫރިސްޓުން އަންނަން ފަށާނެކަމަށް ބެލެވޭ ކަމަށް. ފޮޓޯ: ޗައިނާ އެމްބަސީ

ޗައިނާ ޓޫރިސްޓުން އަންނަން ފަށާނެ ކަމަށް ބެލެވެނީ މިމަހު ފަހުކޮޅު: މައުސޫމު

ކޮވިޑް-19 ގެ ބަލިމަޑުކަން ފެށުމުގެ ކުރިން ރާއްޖެއަށް އެއް ގައުމަކުން އެންމެ ގިނަ ޓޫރިސްޓުން އައި ގައުމުކަމަށްވާ ޗައިނާއިން މިމަހު ފަހުކޮޅު ޓޫރިސްޓުން އަންނަން ފަށާނެ ކަމަށް ބެލެވޭ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމު ރޭ ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ޕްރޮގްރާމެއްގައި މިނިސްޓަރު ވިދާޅުވީ ޗައިނާއިން ރާއްޖެއަށް ޓޫރިސްޓުން ގެނައުމުގެ މަސައްކަތް ކުރާ ޗައިނާގެ ފަރާތްތަކުން މަސައްކަތް ކުރަމުން އަންނަނީ ޖެނުއަރީ މަހުގެ ފަހުކޮޅު ޓޫރިސްޓުން ގެންނަން ފަށަން ކަމަށެވެ. ޗައިނާގެ ޓޫރިސްޓުންގެ ޝައުގުވެރިކަން ރާއްޖެއަށް ވަރަށް ބޮޑު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ޖެނުއަރީ މަހުގެ ފަހުކޮޅު ފެށޭ ވަރަށް ފަތުރުވެރިކަމާ ބެހޭ ބޭފުޅުން، ޗައިނާއިން ފަތުރުވެރިން ގެނައުމަށް މަސައްކަތް ކުރައްވާ ބޭފުޅުންތައް މަސައްކަތްކުރައްވަމުން ދަނީ،" މައުސޫމު ވިދާޅުވި އެވެ.

ކޮވިޑް-19 ކޮންޓްރޯލްކުރަން ޗައިނާއިން ކުރިން އަޅާފައި އޮތް ފިޔަވަޅުތައް ދޫކޮށްލުމާއި އެކު އެގައުމުގައި ކޮވިޑްގެ ކޭސްތައް އިތުރުވުމުން ބައެއް ގައުމުތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި ޗައިނާއިން އެގައުމުތަކަށް މީހުން ދަތުރުކުރާ ވަރު ކޮންޓްރޯލް ކުރަން ބައެއް ގައުމުތަކުން ވަނީ ފިޔަވަޅުތައް ވެސް އަޅައިފަ އެވެ. ރާއްޖޭން އެކަމުގައި އަމަލުކުރާނީ ކިހިނެތްތޯ ކުރި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ޗައިނާގެ ޓޫރިސްޓުން އަންނަން ފެށުމުން ރާއްޖޭގައި އެކަން ރަނގަޅަށް މެނޭޖްކުރެވޭނެ ކަމުގެ ފުރިހަމަ އިތުބާރު އެބަ އޮތް ކަމަށެެެވެ.

"އަޅުގަނޑަށް މިހާރު ރާއްޖޭގެ ހެލްތު ސިސްޓަމާއި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ހުރިހާ ބޭފުޅުންގެ މަސައްކަތާއި ހުރިހާ ކަމަކަށް ފުރިހަމައަށް އިތުބާރު އެބަ އޮތް. މެނޭޖްކުރާނެ،" މައުސޫމު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކޮވިޑަކީ ކޮން ކަހަލަ ބައްޔެއް ކަން ރަނގަޅަށް ނޭނގޭ ދުވަސްވަރު ވެސް އެބައްޔާ އެކު ރާއްޖޭގެ ޓޫރިޒަމް ފުރިހަމައަށް މެނޭޖްކުރި ކަމަށާއި ކޮވިޑަކީ ކޯއްޗެއްކަން ކޮންމެވެސް ވަރަކަށް އެނގެން ފެށިފަހުން ވަރަށް ފުރިހަމައަށް އެކަން މެނޭޖްކުރި ކަމަށެވެ.

"އެހެންވީމާ މިއަދު ދެން އަޅުގަނޑުމެންނަށް ކޮވިޑަކީ ކޯއްޗެއްކަން އެނގޭ އިރު އަޅުގަނޑަށް ފުރިހަަމަ އިތުބާރު އެބަ އޮތް ހެލްތު ސިސްޓަމުން، އެވަގުތަކު އަޅަން ޖެހޭ ފިޔަވަޅެއް އަޅާނެ،" މައުސޫމު ވިދާޅުވި އެވެ.

ޗައިނާ ޓޫރިސްޓުން އަންނަން ފެށުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށާއި އެގައުމަކީ އަނެއްކާވެސް ރާއްޖޭގެ އެއްވަނަ މާކެޓަށް ވުން މުހިއްމު ކަމަށް މުހިއްމު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ޗައިނާ މީހުންނަކީ ފައިސާ ގެންގުޅޭ އަދި ފައިސާ ހަރަދުކުރާ ބައެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މައުސޫމު ވިދާޅުވި ގޮތުގައި އެގައުމުން މިއަހަރު ރާއްޖެއަށް ތިން ލައްކައާ ގާތްކުރާ އަދަދެއްގެ ޓޫރިސްޓުން އައުމުގެ ފުރުސަތު އެބަ އޮތެވެ.

 

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *