logo minivan

English

ހޮނިހިރު, 27 ޖުލައި 2024

ޑރ. މުއިއްޒު މުޒާހަރާއަށް ދިޔައީ ހައްޔަރުވާންތަ؟!

ކުރީގެ ރައީސް ޔާމީންގެ މައްޗަށް ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ މައްސަލަ ސާބިތުވެ 11 އަހަރަށް ޖަލަށް ލުމާއި ގުޅިގެން އިދިކޮޅުން ކުރަމުންގެންދާ ސިލްސިލާ މުޒާހަރާގެ ތެރެއިން މާލޭސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވަނީ ހައްޔަރުކޮއްފައެވެ.

ފުލުހުންގެ އަމުރަށް ނުކިޔަމަންތެރި ވުމުން ޑރ. މުއިއްޒު ހައްޔަރުކުރީ ގާތްގަނޑަކަށް މިރޭ 22:12 ގައި މަޖީދީމަގާއި ސޯސަންމަގު ގުޅުނު ކަންމަތިންނެވެ. މުއިއްޒު ހައްޔަރުކުރުމާ ގުޅިގެން އެކަން ކުއްވެރިކޮށް ބަޔާނެއް ނެރުނީ 22:16 ގައެވެ. އެހެން ކަމުން މާލޭ ސިޓީ ކައުންސިލުން މި ބަޔާން ނެރުނީ މޭޔަރު ހައްޔަރުކުރިތާ އެންމެ "ހަތަރު" މިނެޓް ފަހުންނެވެ. ނުރަސްމީ ގަޑީގައި އެންމެ 4 މިނެޓް ތެރޭގައި މިފަދަ ބަޔާނެއް ޑްރާފްޓްކޮށް ކުށްކަނޑާ ކައުންސިލްގެ ތައްގަނޑާއެކު ނެރުމުން އެބަޔާން ތައްޔާރުކޮށްފައިވަނީ މުއިއްޒު މުޒާހަރާއަށް ވަޑައިގެންނެވުމުގެ ކުރިން ކަމަށް "ސަބަބުވެރި އިންސާނެއްގެ ވިސްނުމުން" ގަބޫލު ކުރެވެއެވެ.

މިވަގުތު މުއިއްޒު ހައްޔަރުވުމުން ލިބޭނީ ކޮން ފައިދާއެއް

ރައީސް ޔާމީން ޖަލަށް ލުމުން ޕީޕީއެމްގެ ރިޔާސީ ޓިކެޓާމެދު ސުވާލު އުފެދި އެކަމަށް ވާދަވެރިކަން އުފެދިފައިވާ މި ދަނޑިވަޅުގައި ޑރ. މުއިއްޒަކީ މި ޓިކެޓަށް ވާދަކުރައްވާނެ އެންމެ ބޮޑަށް އަޑުފެތުރިފައިވާ ބޭފުޅާއެވެ. އެހެންކަމުން މި ދަނޑިވަޅުގައި މުއިއްޒު ހައްޔަރުކުރުމުން މުއިއްޒު ދޫކޮއްލުމަށް ގޮވާލާ "ފްރީ މުއިއްޒު" ހޭޝް ޓެގާއެކު ސޯޝަލް މީޑިއާގައި މުއިއްޒަށް ބޮޑު ސަމާލުކަމެއް ލިބޭނެއެވެ. އޭގެ އެއް ހެއްކަކީ މުއިއްޒު ހައްޔަރުކުރުމާއެކު މާލޭ ސިޓީގައި ކުނިކަހަން ހަރަކާތްތެރިވާ މަސައްކަތްތެރީން އެމީހުންގެ ޔުނީފޯމްގައި މޭޔަރު ދޫކޮށްލުމަށް ގޮވާލާ އަޑު ގަދަކުރުމެވެ.

މޭޔަރު ދޫކޮއްކުމަށް ގޮވާލާ ސިޓީ ކައުންސިލްގެ މުވައްޒަފުން އަޑުއުފުލަނީ

މިނިވަން ނޫހަށް މައުލޫމާތުދެމުން މާލޭ ސިޓީކައުންސިލްގެ މުވައްޒަފަު ބުނީ މޭޔަރު ހައްޔަރު ކުރާނެ ކަމަށް ވިދާޅުވެ އެކަން ކުށްވެރިކޮށް ސިޓީކައުންލުން ބަޔާނެއް މާކުރިން ތައްޔާރުކޮއްފައިވާ ކަމަށެވެ. އަދި މޭޔަރު ހައްޔަރުކުރުމުން ސިޓީ ކައުންސިލްގެ މުވަައްޒަފުން މޭޔަރު ދޫކޮއްލުމަށް ގޮވާލާ އަޑުއުފުލުމަށް މާކުރިން ރާވާފައިވާ ކަމަށް އޭނާ ބުންޏެވެ. އަދި އޮފް ޑިއުޓީގައި ތިބި ބައެއް މުވައްޒަފުންވެސް މިރޭ މޭޔަރު ދޫކޮއްލުމަށް ގޮވާލާ މުވައްޒަފުން ބޭއްވި އެއްވުމުގައި ވަނީ އަޑުއުފުލާފައެވެ.

ރައީސް ޔާމީން ދޫކޮއްލުމަށް ކުރިއަށް ގެންދާ މުޒާހަރާޔަކުގައި ޔުނީފޯމް އެޅި ސިޓީ ކައުންސިލްގެ އެއްވެސް މުވައްޒަަފަކު ބައިވެރިވެފައެއް ނުވެއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ކިޔުންތެރިންގެ ޚިޔާލުތައް

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *