logo minivan

English

ހޮނިހިރު, 27 ޖުލައި 2024

15 ފީފާގެ ކަޅުތެޔޮ ނަގައި ރަސްމީފާލަން ސަރަހައްދު ސާފުކޮށްފި

މާލޭގެ އިޒުއްދީން ފާލަން (ރަސްމީ ފާލަން) ކައިރިން މޫދައް އެޅިފައި ހުރި ކަޅުތެޔޮތައް ނަގައި ނިންމައިލި އިރު އެ ސަރަހައްދުން ޖުމްލަ 15 ފީފާ ކަޅުތެޔޮ ނެގިފައިވާ ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފި އެވެ.

ރަސްމީ ފާލަން ކައިރިން ފަޅުތެރެއަށް އެޅިފައި ހުރި ކަޅުތެޔޮތައް ނަގައި އެ ސަރަހައްދު ސާފުކޮށް ނިންމައިލެވުނުކަން ހާމަކުރަން އެމްއެންޑީއެފުން އިއްޔެ ކުރި ޓްވީޓެއްގައި ބުނީ އެ މަސައްކަތް ނިންމައިލި އިރު ޖުމްލަ 15 ފީފާގެ ކަޅުތެޔޮ ނެގިފައިވާ ކަމަށެވެ.  އެ މަސައްކަތް ކުރީ ކޯސްޓުގާޑްގެ އޮއިލް ރެސްޕޮންސް ޓީމާއި މާލޭ އޭރިއާ ސިފައިން ގުޅިގެންނެވެ .

މާލޭގެ ފަޅުގެ ދެ ސަރަހައްދަކަށް އެޅިފައި ހުރި ގިނަ އަދަދެއްގެ ކަޅުތެޔޮތައް ނެގުމުގެ މަސައްކަތް ސިފައިން ފެށީ މިދިޔަ އާދީއްތަ ދުވަހު އެވެ. އެ މަސައްކަތަށް ޖުމްލަ ތިން ދުވަސް ހޭދަވި އެވެ.

ރަސްމީފާލަން ކައިރިއަށް ގިނަ އަދަދެއްގެ ކަޅުތެޔޮ އެޅިފައި ހުރީ ކިހިނެއްކަމެއް ކަމާބެހޭ އެއްވެސް އިދާރާއަކުން އަދި ހާމައެއް ނުކުރެއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *