ހުޅުމާލޭ ފޭސް2 ގެ ގޮނޑުދޮށް ސާފުކުރުން ބޮޑު ހަރަކާތަކާއެކު ކުރިޔަށް ގެންދަން އެޗްޑީސީން ތައްޔާރު ވެއްޖެއެވެ.
އެޗްޑީސީން ބުނެފައިވަނީ ހިޔާ ބީޗް ސާފު ކުރުމުގެ ހަރަކާތުގެ އިތުރުން މޫދުގެ އެކި ކުޅިވަރުތައްވެސް އެދުވަހު ބޭއްވުމަށް ހަމަޖައްސާފައި ވާކަމަށެއެވެ. އެޗްޑީސީންވަނީ އެހަރަކާތް ކުރިޔަށް ގެނދިއުމަށް ވީހާވެސް ގިނަ މީހުން ބައިވެރި ވުމަށް އެދިފައެވެ.
މިހަރަކާތް ކުރިޔަށް ގެންދިއުމަށް ހަމަޖައްސާފައި ވަނީ 7 ޖެނުއަރީ ވާ ހޮނިހިރު ދުވަހު 7:00 އިން 12:00 އަށް ހިޔާ ބީޗް ސަރަހައްދުގަ އެވެ.
7 ޖަނަވަރީ 2023 ވާ ހޮނިހިރު ދުވަހު ހިޔާ ބީޗް ސާފުކުރުމުގެ ގޮތުން ބޭއްވޭ ހަރަކާތަކަށް ވަޑައިގެން ދެއްވުން އެދި އެންމެހާ ބޭފުޅުންނަށް ދައުވަތު އަރުވަން pic.twitter.com/knplmAhFu1
— HDC (@hdcmaldives) January 5, 2023
ހުޅުމާލެ ފޭސް 2ގެ ބީޗް ސަރަހައްދަކީ އެތާދިރިއުޅޭ މީހުން މޫދަށް އެރެން އާންމުކޮށް ބޭނުން ކުރާ ސަރަހައްދެކެވެ.