logo minivan

English

ހޮނިހިރު, 27 ޖުލައި 2024
މާލޭ ސިޓީކައުންސިލްގެ މެމްބަރުން ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަންނަވަނީ. ކަށުނަމާދު ޮޕޭޖް ހުއްޓައިލަން އެންގި ވާހަކަ އެކައުންސިލުން ދޮގުކުރި. ފޮޓޯ:މާލޭސިޓީ ކައުންސިލް

މާލޭގެ މިސްކިތްތައް މަރާމާތުކުރަން ގާތްގަނޑަކަށް 10 މިލިޔަން ރުފިޔާ ބޭނުންވޭ: ސިޓީކައުންސިލް

މާލެގެ މިސްކިތްތައް މަރާމާތު ކުރަން ގާތްގަނޑަކަށް 10 މިލިއަން ރުފިޔާ ބޭނުންވާ ކަމަށް މާލޭ ސިޓީކައުންސިލުން  މިއަދު ބުނެފި އެވެ

މާލެ ސިޓީ ކައުންސިލުން މިއަދު އާނމު ކުރި މައުލޫމާތުގަ ވާގޮތުން މާލޭގެ 26 މިސްކިތެއް މަރާމާތު ކުރަން  ސިޓީ ކައުންސިލުން (ނުވަ މިލިއަން ނުވަ ލައްކަ ހަތްދިހަ ދެހާސް އެއްސަތޭކަ ހަތްދިހަ ދެ ރުފިޔާ ) 9،972،172.00 ރުފިޔާ ބޭނުން ވެ އެވެ. އެކި މިސްކިތްތައް މަރާމާތު ކުރަން ބޭނުންވާ ފައިސާގެ އަދަދުގެ ތަފްސީލް ވެސް ސިޓީ ކައުންސިލް އިން މިއަދު ވަނީ އާނމުކޮށްފައެވެ. އެކައުންސިލުން މި މައުލޫމާތު އާއްމުކުރީ މިސްކިތްތައް މަރާމާތުކުރަން ބޭނުންވާ ފައިސާ ހޯދަން ހިންގާ ހާއްސަ ހަރަކާތްތަކެއް ފެށުމަށް ފަހުގަ އެވެ.

މިސްކިތްތަކަށް ބޭނުން ވާ ފައިސާ ގެ ތަފްސީލް

  1. މަސްޖިދު އިބްރާހީމް 125,886.ރ
  2. މަސްޖިދުލް ސުލްޠާނުލްޢާދިލް 148،270.ރ
  3. މާލެ ހުކުރު މިސްކިތް 35،640.ރ
  4. މަސްޖިދުއްތަޤުވާ .798,270.ރ
  5.  މަސްޖިދު ޝަހީދު ޢަލީ 480,472.ރ
  6. މަސްޖިދު ޢަފީފުއްދީން 365,180.ރ
  7. ދަރުމަވަންތަ ރަސްގެފާނު މިސްކިތް 720,301.ރ
  8. މަސްޖިދުލް ފުރުޤާން 70،880.ރ
  9. ބިހުރޯޒް ކަމަނާ މިސްކިތް 540,150.ރ
  10. މަސްޖިދު ޞަލާޙުއްދީން 150,123.ރ
  11. މަސްޖިދު ޖަލާލުއްދީން 270,719.ރ
  12.  މަސްޖިދުއް ތަޢާވުނި 50,110.ރ
  13. މަސްޖިދުއް ޛިކުރާ 650,17.ރ
  14. މަސްޖިދުލް ޞުލްޠާން މުޙައްމަދު ބިން ޢަބްދިالله 500,537.ރ
  15.  ޒިޔާރަތް މިސްކިތް 600,141.ރ
  16. މަސްޖިދުލް ސުލްޠާން މުޙައްމަދު ޝަމްސުއްދީން 950,99.ރ
  17. ޢީދު މިސްކިތް 620,200.ރ
  18. ބޮޑުގޭ ވަގުތީ މިސްކިތް 790,383.ރ
  19. މަސްޖިދުއްސަލާމް 744,470.ރ
  20. މަސްޖިދުލް ބިއްރި 15,910.ރ
  21. މަސްޖިދު ޒައިދު ބިން ޘާބިތު 990,200.ރ
  22. މަސްޖިދުލް އަމާނީ 565,837
  23. މަސްޖިދު އަޒީޒާ މޫސާ 960,732.ރ
  24. މަސްޖިދުއް ޝައިޚް ޤާސިމް ބިން އާލްޘާނީ 770,325,1.ރ
  25. މަސްޖިދު ޢުމަރު ބުނުލްޚައްޠާބް 380,203.ރ
  26. ހުޅުމާލެ ވަގުތީ މިސްކިތް 160,31.ރ

މިސްކިތްތައް މަރާމާތުކުރަން ފައިސާ ހޯދަން  މާލެ ސިޓީ ކައުންސިލުން އިއްޔެ ހިންގި ހަރާކާތުގައި ތިން ލައްކަ އަށް ވުރެން ގިނަ ރުފިޔާ ލިބިފައިވާ ކަމަށް ސިޓީ ކައުންސިލް އިން ބުންޏެވެ . އަދި މާލެ ސިޓީ ކައުންސިލްގެ މި ކުރިއަށްދާ ދައުރުގައި، މިވީ 18 މަސްތެރޭ ކައުންސިލްގެ އާމްދަނީ އިން 10 މިލިއަން ރުފިޔާ، މިސްކިތް ތަކަށް ޚަރަދުކޮށްފައިވާ ކަމަށް ސިޓީ ކައުންސިލްގެ މޭޔަރު ޑރ މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.

 

 

 

 

 

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *