logo minivan

English

އާދިއްތަ, 13 އޮކްޓޯބަރ 2024
އަލިފުށީ ގޮނޑުގައި ހުރި ފައިބަރުތަކެއްގައި ރޯވެ އަނދަނީ. ފޮޓޯ: އަލިފުށިއެމްވީ

އަލިފުށީގެ ކުނި ގޮނޑުގައި ރޯވި އަލިފާން ކޮންޓްރޯލް ކުރެވިއްޖެ

ރ. އަލިފުށީގެ ކުނިގޮނޑުގައި ހުރި ފައިބަރު ތަކެއްގައި މިއަދު ރޯވި އަލިފާންގަނޑު މިހާރު ކޮންޓްރޯލްކުރެވިފައިވާ ކަމަށް އެރަށު ކައުންސިލުން ބުނެފި އެވެ.

އެރަށު ކުނިގޮނޑުގައި ރޯވެފައި ވަނީ ދޯނިފަހަރު ބަނުމަށް ބޭނުންކުރާ ފައިބަރުގެ ތެރެއިން އެމަސައްކަތް ކޮށް އުކާލުމަށް ގޮނޑުގެ ވަކި ސަރަހައްދެއްގައި ބަހައްޓާފައިވާ ފައިބަރުތަކެއްގައެވެ.

އަލިފުށީ ކައުންސިލްގެ ރައީސް އާދަމް އިމްރާން "މިނިވަން" އަށް މިއަދު ވިދާޅުވީ އެރަށު ގޮނޑުގައި މިއަދު ރޯވެފައިވާ އަލިފާންގަނޑު މިހާރު ކޮންޓްރޯލް ކުރެވިފައިވާ ކަމަށެވެ. އަދި އަލިފާނުގެ ސަބަބުން އެސަރަހައްދުގައި ހުރި ފައިބަރުތައް އެނދުން ފިޔަވައި އިތުރު އެއްވެސް ގެއްލުމެއް ނުލިބޭކަމަށް އިމްރާން ވިދާޅުވިއެވެ.

"ރޯވެފައި ހުރީ ފައިބަރު ތަކެއްގައި ކަމަށް ވީމާ، މުޅިން ނިއްވައިލުމަކީ ވަރަށް އުނދަގޫ ކަމެއް، އަޅުގަނޑުމެން އަދިވެސް އެ މަސަައްކަތް މިކުރަނީ،" އިމްރާން ވިދާޅުވިއެވެ.

ފައިބަރު ފަދަ ކެމިކަލްތައް އަނދާ އިރު އަރާ ދުމަކީ މީހުންގެ ސިއްހަތަށް ވަރަށް ގެއްލުން ބޮޑު ދުމެކެވެ. އެހެން ނަމަވެސް އަލިފުށީ ގޮނޑުގައި ރޯވި އަލިފާން އެރި ދުން ރަށު ތެރެއަށް ނުފެތުރޭތީ އެފަދަ ކަންބޮޑުވުމެއް އަދި ނެތެވެ.

"މިއަދު ވައިހުރި ގޮތުން ދުންގަނޑު ރަށުތެރެއަކަށް ނުފެތުރޭ ނަސީބަކުން،" އިމްރާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގޮނޑުގައި ރޯވި ސީދާ ސަބަބެއް އަދި ނޭނގޭ ކަމަށެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *