logo minivan

English

ހޮނިހިރު, 27 ޖުލައި 2024

ޕީޕީއެމްގެ ރިޔާސީ ޓިކެޓާ ތަޅާފޮޅަނީ!

ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ޕީޕީއެމްގެ ރިޔާސީ ޓިކެޓް ލިބިފައިވަނިކޮށް ކުރީގެ ރައީސް ޔާމީންގެ މައްޗަށް ސާބިތުވި މައްސަލަޔާއި ގުޅިގެން އެމަނިކުފާނު ޖަލަށް ލުމުން އެޕާޓީގެ ރިޔާސީ ޓިކެޓާމެދު ވަނީ ސުވާލު އުފެދިފައެވެ. ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ރައީސް ޔާމީން 11 އަހަރަށް ޖަލަށްލާފައިވަނީ މިދިޔަ މަހުގެ 28 ވަަ ދުވަހުއެވެ. މިހުކުމް ތަންފީޒް ކުރައްވަމުން އެމަނިކުފާނަށް ރިޔާސީ އިންތިހާބުގައި ވާދަނުކުރެއްވޭނެއެވެ. އެމަނިފާނަށް ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ފުރުޞަތު ލިބޭނީ އިންތިހާބުގައި ވާދަކުރަން އިލެކްޝަން ކޮމިޝަނުން ހުޅުވާލާ މުއްދަތު ހަމަވުމުގެ ކުރިން މަަތީމަރުހަލާގެ ކޯޓަކުން އެމަނިކުފާނު މިހާރު ތަންފީޒު ކުރަމުންގެންދަވާ ހުކުމް ބާތިލް ކުރުމެވެ. މިއަހަރުގެ ސެޕްޓެމްބަރު މަހު ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ބާއްވާނެކަމަށް އިލެކްޝަންސް ކޮމިޝަނުން އިއުލާންކޮއްފައިވާއިރު އިންތިހާބުގައި ވާދަކުރުމުގެ ފުރުޞަތު ޖުލައި މަހު ހުޅުވާލާނެކަމަށް ބެލެވެއެވެ. ނަމަވެސް ކުރިއަށް އޮތް 5 މަސް ދުވަހު ހައިކޯޓުން މައްސަލަ ނިމިދާނެތޯ ނުވަތަ ސްޕްރީމް ކޯޓުން މައްސަލަ ނިމިދާނެތޯ ސުވާލު އުފެދެވެ.

ރައީސް ޔާމީންގެ ހުކުމާއެކު އެކަމާ އުފާ ކުރާ ބަޔަކުވެސް ޕީޕީއެމްގެ ތެރޭގައި އުޅޭކަމީ އެޕާޓީގެ މެމްބަރުންވެސް ޤަބޫލުކުރާ ހަޤީޤަތެކެވެ. ރައީސް ޔާމީނަށް ހުކުމް ކުރުމުގެ ކުރިންވެސް "ހުކުމް ކުރާނެކަމަށް" ނިންމާ ބައެއް ބޭފުޅުން ކެމްޕެއިން ކުރައްވަން ފެއްޓެވިއެވެ. އަދި މި ހުކުމާއެކު ޕީޕީއެމްގެ ލީޑަރޝިޕް ވަކިވަކި ފެކްޝަންތަކަށް ބެހިި ފެކްޝަންތަކުގެ ކެމްޕެއިން ކުރަން ވަނީ ފަށާފައެވެ.

ޕީޕީއެމްގެ ރިޔާސީ ޓެކެޓަށް އެންމެ ބޮޑަށް މަސައްކަތްކުރައްވާ ބޭފުޅުންގެ ތެރޭގައި މާލޭސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ހިމެނެއެވެ.

"ރައީސް ޔާމީން ޖަލަށްލީ ފަހުން ސިޓީގެ ކައުންސިލްގެ ހަރަކާތްތައް އެތައް ގުނައަަކަށް އިތުރުވެއްޖެ. ރޭގަނޑާ ދުވާލު ހަކަރާތްތައް އެދަނީ ހިންގަމުން. އަމިއްލައަށް ހައްޔަރުވާންވެސް ދަނީ. އޭރުންތާ ރައީސްގެ ދިފާއުގައި މަސައްކަތް ކުރާކަމަށް ދެއްކޭނީ. ހަޤީޤަތަކީ އެއްވެސް ރަނގަޅު ނިޔަތެއް ނެތް. ދެމީހަކު އެއްވެ ރައީސް ޔާމީން މިނިވަން ކުރަން ގޮވިޔަސް އެއަޑެއް ނީވޭނެ. އެއްވެސް ރޭވުންތެރި ކަމެއްނެތް". ޕީޕީއެމްގެ އާންމު މެމްބަރަކު ބުންޏެވެ.

ޑރ. މުއިއްޒުގެ އިތުރުން ރިޔާސީ ޓިކެޓަށް މަސައްކަތް ކުރައްވާ ބޭފުުޅުންގެތެރޭގައި ޑރ. މުހައްމަަދު ޖަމީލު އަހުމަދާއި، ގައްސާން މައުމޫމާއި، ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި، ކުރީގެ ރައީސް ޑރ. ވަހީދާއި، މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ހިމެނެއެވެ. މިބޭފުޅުން ވަކިވަކި ފެކްޝަންތަކަކަށް ބެހިގެއް ސިއްރިއްޔާތުގައި ދަނީ ކެމްޕެއިން ކުރައްްވަމުންނެވެ. ހަޤީޤަތަކީ މީގެ ކުރިން ރައީސް ޔާމީން ޖަލައްލުމުން މިނިވަން ކުރަން ގޮވާލާ މުޒާހަރާ ކުރިހާ މީހުން މިހާރު ނުފެނެވެ. މަޖީދީ މަގާއި ސޯސަންމަގު ގުޅޭ ހިސާބުގައި މުޒާހަރާކުރާއިރު މާލޭގައި ދުއްވާ މިނީ ބަހަށްވެސް އެއްވެސް ދަތިކަމެއްނެތި އެމަގުން ދުއްވެއެވެ. އެހާވެސް މީހުން މަދެވެ.

ސިޔާސީ މަޝްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނާ ގޮތުން ރައީސް ޔާމީނަށް ކުރިމަތި ނުލެވުނަސް ޕީޕީއެމްގެ ރިޔާސީ ޓެކެޓް އެހެން މީހަކަށްދޭން އެމަނިކުފާނު ބޭނުމެއް ނުވާނެއެވެ. އެއީ މާޒީގެ ކަން ހިނގާފައިވާ ގޮތުންނެވެ. އެމަނިކުފާނު އަތުން ޕާޓީ ގެއްލިދާނެތީއެވެ. ރާއްޖޭގެ ސިޔާސީ މަޝްރަހުގައި ކަން ހިނގަމުން މިދަނީ އެހެންނެވެ. ރައީސް ޔާމީން ވެރިކަމަށް އައުމަށްފަހު ޕީޕީއެމްގެ ރައީސް މައުމޫން އަތުން ޕާޓީ އަތުލައި ރައީސް މައުމޫން ބޭރުކޮއްލެއްވިއެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރައީސުލްޖުމްހޫރުއްޔާ ކަމާ ހަވާލުވީ ފަހުން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ބާރު އެޕާޓީން ގެއްލިއްޖެއެވެ. މިކަންކަން މިގޮތަށް ހުރުމުން ޕީޕީއެމްގެ ރިޔާސީ ޓިކެޓް އެހެން މީހަކަށް ދިނުމަށް ރައީސް ޔާމީން ތާއީދު ނުކުރައްވާނެކަަމަށް ބެލެވެއެވެ.

 

ގުޅުންހުރި

ހިޔާލު ދެއްވާ!

ކިޔުންތެރިންގެ ޚިޔާލުތައް

  1. ހާމާނުގެ ދައުރު މިނޫހަށް ލިބުނީ ކޮންއިރަކުތޯ، ފިތުނަވެރިކަން ފަތުރަން އަވަސްވެގަތީ ހާދަހާވާ އަވަހާކަށޭ.

  2. ކިތަންމެ ވަރަކަށް ބައިބައިކުރަން އުޅުނަސް ޕީޕީއެމެއް ބައިބައެއް ނުވާނެ.

  3. ދޮންހަސަނަށް ހީވާނެ ފުޅަށްބުޑުން ދަންޏާ ކެއޮގަނޑު ކަނޑާލާނޭ، ތިމާމެން ކުރާހާ ގޮތްކުޑްކަންތަކެއް ޕީޕީ އެމްތަރޭގާ ނުކުރާނެ، ސަރުކާރު ތެރޭގާ ފެކުސަންތަކެއް ހަދައިގެން ވެރިކަމާ ކޯޅެން ފެށީމާ ކޮންމެހެން ޕީޕީއެމް މަތި ކުރާކަށް ނުޖެހޭ، އެބަޔަކު ކުރާކަމެއއގެ ޒިންމާ ނަގަންޖެހޭނީ އެބަޔަކު، އެހެންމީހުންގެ ބޮލަށް ކަނޑާލާނެކަމެއް ނެތް.

  4. ޕޕއަކީީ މާބަދަހިި އެކުވެރިި ބަޔެއްް އެންޑީީ ގޮތަކައްް ނޫޅޭނެެ އެއީީ ތަސައްރަފުފުދިި ހަމައިގައިީ ތިބޭބަޔެއްް އެންޑީޕީީ ފުޑޭތީީ ހަޖަމުނުވީދޯޯ ދެންލަލާާ

  5. ތިނޫހަކީީ ވިކިފައިއޮތްް ވިޔާފާރިއެއްް ތަންދޮރުނުދަންނަަ އަމިއްލަަ އެދުމުންފޯވެފަތިބިި މީހުންނައްް އޮންނާނެެ މިނިވަކަންް ތިނޫހުންތިފެންނަނީީ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *