logo minivan

English

ހޯމަ, 09 ޑިސެމްބަރ 2024
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މީޑިއާއާ ވާހަކަފުޅުދައްކަވަނީ. އެމަނިކުފާނު ވިދާޅުވީ ބަޑިޖަހައިގެން ވެރިކަން ދިފާއުކުރި ނަމަ އެމްޑީޮޕީއަށް ވޯޓުނުލިބުނީސް ކަމަށް.

ބަޑިޖަހައިގެން ވެރިކަން ދިފާއުކުރި ނަމަ އެމްޑީޕީއަށް ފަހުން ވޯޓެއް ނުލިބުނީސް: ނަޝީދު

އެމްޑީޕީގެ ފުރަތަމަ ވެރިކަން 2012 ގައި ވެއްޓުނު ގޮތުގެ ހަނދާން ނައްތާލައިގެން ނުވާނެ ކަމަށް ވިދާޅުވެ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ދައްކަވާ ވާހަކަފުޅަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ފުރަތަމަ ފަހަރަށް ރައްދު ދެއްވައިިފި އެވެ.

ރައީސް ކަމުން ނަޝީދު އިސްތިއުފާ ދެއްވައި، އެމްޑީޕީގެ ފުރަތަމަ ވެރިކަން 2012 ވަނަ އަހަރު ވެއްޓުނީ އޭރުގެ އިދިކޮޅު ފަރާތްތަކުން ސިލްސިލާކޮށް ކުރި މުޒާހަރާތަކަކަށް ފަހު އުފެދުނު "ޕޮލިސް މިއުޓިނީ" އަކަށް ފަހުގަ އެވެ. އެހެން ނަމަވެސް މިފަހުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެވާހަކަ ތަކުރާރުކުރައްވަމުން ގެންދަވަނީ އެއީ ނަޝީދުގެ ނާކާމިޔާބީއެއް ކަމަށް ސިފަކުރައްްވާ މޭރުމަކުންނެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ކުރައްވާ ކެމްޕޭނުގައި ފުވައްމުލަކަށާއި ބައެއް އެހެން ރަށްތަކަށް ދަތުުރުކުރެއްވުމަށް ފަހު މިއަދު ބޭއްވެވި މީޑިއާ ބްރީފިން އެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ އަބަދު ވެސް އެމަނިކުފާނުގެ އަމާޒަކަށް ވެފައި އޮތީ އެމްޑީޕީއަކީ ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީއަށް ހެދުން ކަމަށެވެ.  އެކަމަށް އެންމެ ރަނގަޅު ގޮތަކީ ރައްޔިތުންގެ ގަޔަށް ބަޑިޖަހައިގެން (އޭރު) ވެރިކަން ދިފާއު ކުރެއްވުން ކަމަށް ވިސްނިވަޑައިނުގަތް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި އަޅުގަނޑު އެ ދުވަހު އެގޮތަށް އަމަލުނުކުރި ނަމަ [ބާރުގެ ބޭނުންކޮށްގެން ވެރިކަން ދިފާއުކުރުމުގެ ބަދަލުގައި އިސްތިއުފާ ނުދިން ނަމަ] 2013 ގައި އަޅުގަނޑުމެނަށް އެ ލިބުނު ބޮޑު ވޯޓު ނުލިބުނީސް، 2018 ގައި އަަޅުގަނޑުމެން ވެރިކަމަށް އަންނަން ހިތަށް ވެސް އަރުވާ ނުލެވުނީސް،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދާ އެކު އެމްޑީޕީ އެކަނި ( ކޯލިޝަނަކާ ނުލައި) ނުކުމެ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ގިނަ އަދަދެއްގެ ވޯޓު ހޯދުމަށް ފަހު ، އެ އިންތިހާބުގެ ދެވަނަ ބުރުން ބަލިވީ ވަރަށް ކުޑަ ތަފާތަކުންނެވެ. އެ ބުރުގައި ރިޔާސީ އިންތިހާބު ކާމިޔާބުކުރަން އެމްޑީޕީއަށް މަދުވީ ގާތްގަނޑަަކަށް 6،000 ވޯޓެެވެ.

ރައީސް ސޯލިހު ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވާ ގޮތުގައި  2013 ގެ އިންތިހާބުގެ ދެވަނަ ބުރުގައި އެމްޑީޕީއަށް އެ 6،000 ވޯޓު ނުހޯދުނީ އެޕާޓީއާ ކޯލިޝަން ހަދާނެ އެހެން ޕާޓީއެއް ނުވުމުންނެވެ. އެމަނިކުފާނު ވިދާޅުވަމުން ގެންދަވަނީ ރާއްޖޭގައި ރިޔާސީ އިންތިހާބެއް ކާމިޔާބު ކުރެވެނީ ކޯލިޝަނަކާ އެކު މަސައްކަތް ކޮށްގެން ކަމަށެވެ، އަދި އެގޮތަށް މަސައްކަތް ކުރެއްވޭނެ ބޭފުޅަކީ އެމަނިކުފާނު ކަމަށެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *