logo minivan

English

ހޮނިހިރު, 27 ޖުލައި 2024

ނަޝީދުގެ ތުހުމަތު: އެއްވެ އުޅުމުގެ މިނިވަންކަމުގެ ބިލު ކުރިއަށް ނުގެންގޮސް އޮތީ ސަރުކާރުގެ ބޭނުމަށް!

ސުލްހަވެރިކަމާއި އެކު އެއްވެ އުޅުން ހަނިކުރާ މާއްދާ އުވާލުމަށް ހުށަހަޅާފައިވާ އިސްލާހުގެ ބިލް ރައްޔިތުން މަޖިލީހުގެ ކޮމެޓީ ސްޓޭޖްގައި ކުރިއަށް ނުގޮސް ތިން އަހަރުވަންދެން އޮތީ ސަރުކާރުގެ ބޭނުމަކަށް ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ތުހުމަތު ކުރައްވައިފި އެވެ.

ހުއްދަ ހޯދުމަކާ ނުލައި މާލޭގެ ކާނިވާ ނޫން ސަރަހައްދަކަށް އެއްވެ އުޅުން މަނާ ކުރީ އޯގަސްޓް 17، 2016 ގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގަ އެވެ. އެއިރުގެ މާފަންނު ދެކުނު ދާއިރާގެ ޕީޕީއެމް މެމްބަރު އަބްދުﷲ ރިފާއު ހުށަހެޅުއްވި އެ މާއްދާ އުނިކުރުމަށް، އޭނާ ޑީއާރުޕީގެ ނައިބު ލީޑަރުކަމާއި ގުޅުމަށްފަހު، އެޕާޓީގެ ލީޑަރު އަބްދުﷲ ޖާބިރުގެ ނަމުގައި މަޖިލީހަށް 2019 ވަނަ އަހަރުގެގެ ފަހުކޮޅު ހުށަހެޅި އެވެ.

އެއްވެ އުޅުނު ހައްގުތަކުގެ މައްޗަށް ފެށުނީއްސުރެވެސް ވަކާލާތު ކުރަމުންދާ އެމްޑީޕީގެ ވެރިކަން ނިމެން ދާއިރު، އެ ޕާޓީގެ ސުޕަމެޖޯރިޓީ މަޖިލީހުގައި އޮވެމެ، އެ މާއްދާ ވަކި ނުކުރެވި އޮތް އޮތުމާއި ގުޅިގެން ނޫސްވެރިއަކު ސުވާލުކުމުން މިއަދު ރައީސް ނަޝީދުގެ ތުހުމަތުގެ އިނގިލިތައް އަމާޒު ކުރެއްވީ ސަރުކާރަށެވެ.

އެމަނިކުފާނު ވިދާޅުވާ ގޮތުން ހުރަސްތައް ކުރިމަތި ކުރުވަނީ ސަރުކާރަށް ތާއީދު ކުރާ މެމްބަރުންނެވެ.

"އެއްވެ އުޅުމުގެ މިނިވަންކަމާއި ގުޅޭ ބިލް އޮތީ 241 ކޮމިޓީގައި، އެއީ ރައިސުލްޖުމްހޫރިއްޔާއަށް ތާއީދު ކުރައްވާ މެމްބަރުންގެ އަގުލަބިއްޔަތު އޮންނަ ކޮމެޓީއެއް، އެހެން ވީމަ ހަމަ އަޅުގަނޑަށް އެކަން ނުވެފައި މި އޮތީ، އަޅުގަނޑު އުންމީދު ކުރަން އަދިވެސް އެ ކޮމެޓީގައި ތިއްބެވި މެމްބަރުން އެހެން ގޮތަކަށް އަމަލު ކުރައްވާނެ ކަމަށް،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެންމެ ފަހުން ބޭއްވި މީޑިއާ ބްރީފިން ގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެމަނިކުފާނު ވިދާޅުވީ އުޅުން ހަނިކުރާ މާއްދާ އުވައިލާ ބިލު އޮތީ ރައްޔިތުންގެ މަޖިލީހުގައި ކަމަށާއި މަޖިލީހުން އެ ބިލު ފާސްކުރީމާ އެކަން ނިމެނޭ ކަމަށެވެ.

އިދިކޮޅުގެ ޖަލްސާ އެއްވަގުތަކު ދިއުން؛ ރައީސް ސިފަކުރެއްވީ "މިނިވަންކަން ތަންމިނަށް" ކަމަށް!

 

ބިލުގެ މަސައްކަތްތައް ކުރިއަށް ގޮސްފައިވާ ގޮތުގެ ޓައިމްލައިން

8 އޮގަސްޓް 2019 – ބިލު ހުށަހެޅުއްވުން

5 ސެޕްޓެމްބަރު 2019 – ބިލު މަޖިލީހަށް ބަލައިގަތުމަށް ފާސްވީ ހާޒިރުވެ ތިއްބެވި 72 މެމްބަރުންގެ ތެރެއިން 55 މެމްބަރުންގެ ވޯޓާއި އެކު އެވެ. އަދި ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމެޓީ (241) އަށް އެ ބިލް ދިރާސާ ކުރުމަށް ފޮނުވާލެވުނެވެ.

25 ނޮވެމްބަރު 2019 – ކަމާއި ގުޅުންހުރި ސަރުކާރުގެ މުއަސަސާތަކާއި، ޕާޓީތަކުގެ ލީޑަރުންނާއި ބައްދަލުކޮށް މަޝްވަރާ ކުރަން ނިންމި

27 ނޮވެމްބަރު 2019 – ހޯމް މިނިސްޓަރު އިމްރާނާއި ފުލުސް ކޮމިޝަނަރު މުހައްމަދު ހަމީދާއި ބައްދަލުކުރައްވާ ބިލާއި ގުޅޭ މަޝްވަރާތައް ކުރެވުނެވެ. އެ ބައްދަލުވުމުގައި މިނިސްޓަރު އިމްރާން ވިދާޅުވީ އެ ބިލު ހުށަހަޅުއްވާފައިވާ ގޮތަށް ފާސްކޮށްފި ނަމަ ނިޒާމަށް ބުރުއަރާނެ އެތައް ކަމެއް ކުރިމަތިވެ، ގައުމުގެ މަސްލަހަރު ހިފަހައްޓަން އުނދަގޫވާނެ ކަމަށެވެ. އެހެންކަމުން މިނިސްޓަރު ދެކިވަޑައި ގަތީ މެދުމިނުގެ ހައްލެއް އަންނާނެ ގޮތަށް އެ ބިލު އިސްލާހު ކުރުމަށެވެ. އެއީ ބިލު އުވާ އެއްކޮށް އުވާނުލާ އެއްވެ އުޅުމުގެ މިނިވަންކަމުގެ ތެރެއިން ދެވެން އޮތް އެންމެ ފުޅާ ފުރުސަތެއް ދެވޭނެ އިސްލާހެއް ގެނައުމަށެވެ.

11 އޮގަސްޓް 2020 – ބިލު އިސްލާހު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމުގެ އިތުރު މަޝްވަރާއަކަށް ކަމާއި ގުޅުން ހުރި އިދާރާތަކާއި އެކު ދިއުމަށް ނިންމި އެވެ.

18 އޮގަސްޓް 2020 – މިނިސްޓްރީއިން ހުށަހަޅާ އިސްލާހުތައް ތިން ހަފްތާ ތެރޭ ފޮނުވާނެ ކަމަށް އިމްރާން ވިދާޅުވި އެވެ. ފުލުހުން ފާހަގަކުރީ އެ ބިލު އޮތް ގޮތަށް ފާސްކޮށްފި ނަމަ، ވަރަށް ގިނަ ބައެއްގެ ހައްގުތަކަށް އުނިކަން އަތުވެދާނެ ކަމަށެވެ. އަދި ގާނޫނު އުވާލުމުގެ ބަދަލުގައި މުޒާހަރާ ކުރެވޭނެ ތަންތަން އިތުރު ކުރުމަކީ ކުރެވިދާނެ ކަމެއްގެ ގޮތުގައި އެ އިދާރާއިން ދެކުނެވެ.

19 އޮގަސްޓް 2020 – 31 އޮކްޓޯބަރުގެ ކުރިން އެ ބޮލުގެ މަސައްކަތްތައް ނިންމުމަށް ސުންގަނޑި ކަނޑައެޅި އެވެ.

20 އޮގަސްޓް 2020 – ހޯމް މިނިސްޓްރީގެ އިސްލާހުތަކާއި، ކޮމިޓީގެ ދިރާސާއިން ފާހަގަކުރެވުނު އިސްލާހުތައް ޑްރާފްޓްގައި ހިމެނުމަށް ފާސްކުރި އެވެ.

21 އޮގަސްޓް 2020 – އިތުރު އިސްލާހުތަކާއި އެކު ކޮމިޓީއިން މުޅި ބިލް ފާސްކުރި އެވެ.

25 ނޮވެމްބަރު 2020 – ކޮމިޓީގެ އިސްލާހުތަކާއި އެކު ބިލު ފާސް ކުރުމަށް މަޖިލީހުގެ ތަޅަމުގައި ނެގުނު ވޯޓުން، އެ ބިލު ފާސް ކުރުމަށް ފެންނަ ކަމަށް ވޯޓު ދިނީ 13 މެމްބަރެކެވެ. ނުފެންނަ ކަމަށް 35 މެމްބަރެއް ވޯޓު ދިނުމުން، އަނެއްކާ އެ ބިލު އަލުން އިސްލާހު ކުރުމަށް ކޮމިޓީއަށް ފޮނުވާލެވުނެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *