logo minivan

English

ހޮނިހިރު, 27 ޖުލައި 2024

ގދ. ފިޔޯރީ ސްކޫލްގެ އިމާރާތެއްގައި ރޯވެ އެ އިމާރާތް އަނދައި ހުލިވެއްޖެ

ގދ. ފިޔޯރީ ސްކޫލްގެ އިމާރާތެއްގައި ރޯވެ އެ އިމާރާތް އަނދައި ހުލިވެއްޖެއެވެ.

މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވެއެވެ.

“އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ގދ.ތިނަދޫ ފަޔަރ ސްޓޭޝަނުގެ ފަޔަރމަނުން ވަނީ 18:54 ގައި ގދ.ފިޔޯރީއަށް ގޮސްފައި. އަލިފާން ރޯވެފައިވަނީ ފިޔޯރީ ސްކޫލުގައި ހޯލެއްގެ ގޮތުގައި ބޭނުންކުރަމުން އަންނަ އިމާރާތެއްގައި. އެ ހޯލުގައި ޕާޓިޝަން ޖަހައިގެން، ކިޔަވައިދިނުމަށް 5 ވަރަކަށް ކުލާސް ހަދާފައިވޭ. މި ކުލާސްރޫމުތައް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައި. އިމާރާތުގެ ފާރުން ބަޔަކާއި ފުރާޅުން ބައެއް ވެއްޓި އިމާރާތް ހުރީ ބަންދުވެފައި. ގދ.ތިނަދޫ ފަޔަރ ސްޓޭޝަނުގެ ފަޔަރމަނުން ގދ.ފިޔޯރީއަށް ދިޔައިރު އަލިފާން ހުރީ ކޮންޓްރޯލް ކުރެވިފައި. އަނގުރު އަލިފާނުގެ އަސަރު ހުރުމާއެކު ކޮންމެވެސް ވަރަކަށް ދުން ދަނީ އަރަމުން. އަލިފާން ރޯވާން މެދުވެރިވި ސަބަބު އަދި ދެނެގަނެވިފައެއް ނުވޭ. އެ ސްކޫލުން ބުނެފައިވަނީ އަލިފާން ރޯވެފައިވަނީ އެތާގައި ހުރި ކަރަންޓު ޑިސްޓްރިބިޔުޝަން ބޯޑެއްގައި ކަމަށް”. އެމްއެންޑީއެފުން ބުންޏެވެ.

އާލިފާން ނިއްވާފައިވަނީ ފުލުހުންނާއި ރަށު ރައްޔިތުން ގުޅިގެންނެވެ،

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *