logo minivan

English

ބުދަ, 09 އޮކްޓޯބަރ 2024

ނީލަން ފިހާރައާއި މީހުން ދިރިއުޅޭ އެއްބްލޮކް އަނދާ ހުލިއްވެއްޖެ، އެއްވެސް މީހަކަށް އަނިޔާއެއް ނުވޭ

މިއަދު ހެނދުނު ނީލަން ފިހާރަ ސަރަހައްދުގައި ހިނގި އަލިފާނުގެ ހާދިސާގައި ނީލަން ފިހާރައާއި އެސަރަހައްދުގައި ހުރި މީހުން ދިރިއުޅޭ އެއްބްލޮކް އަނދާ ހުލިއްވެއްޖެއެވެ.

ހެނދުނު 5:49 ހާއިރު ހިނގި މި އަލިފާނުގެ ހާދިސާ އެމްއެންޑީއެފުން ކޮންޓްރޯލްކޮށް އަލިފާން ނިއްވާލީ ހެނދުނު 9 ޖަހާ ކަންހާއިރުއެވެ. ނީލަން ފިހާރަތަކުގައި ހިނގި މި އަލިފާނުގެ ހާދިސާގައި އަލިފާންގަނޑު ފެތުރިގެންގޮސް އެސަރަހައްދުގައި ހުރި މާލޭ ސިޓީކައުންސިލްގެ ބިދޭސީ މުވައްޒަފުންގެ އެކޮމެޑޭޝަން ބްލޮކްގައި އަލިފާން ރޯވެ އެތަން ވެސް އަނދާ ހުލިވިއެވެ. އެ ބްލޮކްގައި 200 ވަރަކަށް ބިދޭސީން ދިރިއުޅުނު ކަމަށް މައުލޫމާތު ލިބެއެވެ.

މިހާދިސާ ހިނގަން މެދުވެރިވި ސަބަބެއް ކަމާބެހޭ މުވައްސަސާއަކުން އަދި ހާމައެއް ނުކުރެއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *