logo minivan

English

އަންގާރަ, 15 އޮކްޓޯބަރ 2024

އިމާދުއްދީން ސްކޫލްގެ ހާލަތު ރަނގަޅު، ކިޔެވުން މާދަމާއިން ފެށިގެން އޮންނާން

އިމާދުއްދީން ސްކޫލާ ދާދި ގާތުގައިވާ ނީލަން ފިހާރައިގައި ރޯވެ އަނދާ ހުލިވި ނަމަވެސް ކިޔެވުން ހުއްޓުމަކަށް އަންނަ ވަރަށް ހާލަތު ގޯސް ނުވާ ކަމަށް އެ ސްކޫލުން ބުނެފި އެވެ. 

އަލިފާނުގެ ހާދިސާޔާ ގުޅިގެން އިމާދުއްދީން ސްކޫލުގެ ކިޔެވުން މިއަދު ކުރިއަކަށް ނުގެންދެ އެވެ.

އެ ސްކޫލުގެ ޕްރިންސިޕަލް އަލީ މަމްދޫހު "މިނިވަން" އަށް ވިދާޅުވީ މިއަދުގެ ކިޔެވުން ކެންސަލްވި ކަމުގައި ވީނަމަވެސް، މާދަމާއިން ފެށިގެން އެ ސްކޫލްގެ ކިޔެވުން ކުރިއަށް ދާނެކަމަށެވެ. އަލިފާނުގެ ހާދިސާ ހިނގި އިރު ވައި ހުރިގޮތުން ދުމުގެ އަސަރު އެ ސްކޫލަށް އެހާ ބޮޑަށް ނުކުރާ ކަމަށާއި އެމްއެންޑީއެފް އާއި މިނިސްޓްރީގެ އިރުޝާދާ އެއްގޮތަށް، އެވަގުތު ސްކޫލް ހުސްކުރި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެހެންވެ ސްކޫލްގެ އިސްވެރިން ފިޔަވައި ސްކޫލްގައި އިތުރު އެއްވެސް މުވައްޒަފަކު ވެސް ،މިއަދު ސްކޫލްގައި ހަރަކާތްތެރިއެއް  ނުވެ އެވެ.

ރޭ ފަތިހު 5:43 ކަންހާއިރު ނީލަން ފިހާރައިގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކޮށް ނިއްވައިލެވުނީ ގާތްގަނޑަކަށް ތިން ގަޑިއިރު ފަހުންނެވެ. ނީލަން ފިހާރަޔާ ޖެހިގެން ހުރި، މާލ؛ޭސިޓީ ކައުންލިސްގެ ބޭރު މުއައްޒަފުން ދިރިއުޅޭ އެކަމަޑޭޝަން ބުލޮކް ވަނީ މިހާދިސާގައި އަނދައި ހުލިލިވެފައެވެ. އެތަނުގައި ދިރިއުޅެމުން އައި ބިދޭސީން މިވަގުތު ތިބީ އިމާދުއްދީންގެ ގޯތިތެރޭގައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *