ހުޅުމާލެއަށް އިންސާނެއްގެ ހަށިގަނޑުގެ ބައި ތަކެއް ލައްގައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އިންސާނެއްގެ ހަށިގަނޑުގެ ބައިތަކެއް ލައްގާފައިވަނީ ހުޅުމާލޭ ރެޑްބުލް ދަނޑާ ދިމާ އަތިރިމަތިންނެވެ.
ފުލުހުން ވިދާޅުވީ ހުޅުމާލޭ ގޮނޑުދޮށުން ފެނުނު ކަށިތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ދާގަނޑަކަށް ލާފައި އޮއްވާ ލައްގާފައިވަނީ އިންސާނެއްގެ ދެފައިގެ ކަށިގަނޑެވެ.