logo minivan

English

ހޮނިހިރު, 27 ޖުލައި 2024

ހުޅުމާލެ ފޭސް 2 ގެ ރުށްގަނޑު ސަރަހައްދަށް ދިރުން ގެންނަނީ!

ހުޅުމާލޭގެ ފޭސް ދޭއްގައި ހިޔާ ފްލެޓްތަކުގެ ކައީގައި އޮތް "ރުށްގަނޑު3″ ސަރަހައްދަށް ދިރުން ގެނެސް، ހިތް ފަސޭހަ ތަނަކަށް އެތަން ބަދަލުކޮށްލުމުގެ ޕްލޭނެއް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭާޝަން (އެޗްޑީސީ)އިން މިއަދު އާއްމުކޮށްފި އެވެ.

އެޗްޑީސީން މިއަދު އާއްމުރި ޕްލޭންގައިވާ ގޮތުން ރުއްގަނޑު3 ތަރައްގީކުރާނީ ކެފޭތަކާއި މޫދުކުޅިވަރުގެ ހިދުމަތްދޭ ތަނަކާއި އިވެންޓްތައް ބާއްވާނެ ޖާގައާއި އާއްމު ފާހާނާބަރިއަކާއި މީހުން ހިޔާ ވެލާނެ ދެތަނަކާއި ގަސްހައްދައި ގޮނޑިޖަހާފައިވާ ސަރަހައްދެއް ވެސް އޮންނަ ގޮތަށެވެ.

ރުއްގަނޑު3 ގައި ހުންނާނެ މުހިއްމު ތަންތަން

  1. ކެފޭއެއް
  2. މޫދުކުޅިވަރުގެ ހިދުމަތްދޭ ތަނެއް
  3. ކިއޮސްކް
  4. އާއްމު ފާހާނާ

އެޗްޑީސީން ބުނި ގޮތުގައި ރުއްގަނޑު3 އެގޮތަށް ތަރައްގީ ކުރުމުގެ ބޭނުމަކީ އެ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް މުނިފޫހިފިލުވުމުގެ ފުރުސަތު ތަނަވަސްކޮށްދިނުމަށެވެ. ހުޅުމާލޭ ފޭސް ދޭއްގައި ކުރީގެ ސަރުކާރުން ހިންގި ހިޔާ މަޝްރޫއުގައި އެޅި 7،000 ފްލެޓުގެ ތެރެއިން ގިނަ ތަންތަނުގައި މިހާރު މީހުން އުޅޭ އިރު އެ ސަރަހައްދުގައި 30،000 އަށް ވުރެ ބޮޑު އާބާދީއެއް މިހާރު ވެސް އޮވެ އެެވެ. އެ ސަރަހައްދުގައި މިހާރު އަޅަމުން އަންނަ ފްލެޓްތަކުގައި މީހުން އުޅެން ފެށުމުން އާބާދީ އަދި އިތުރުވާނެ އެވެ.

ހުޅުމާލޭގެ ފޭސް އެކެއްގައި ވެސް ދެ ރުއްގަނޑު އޮންނަ އިރު، އެ ދެ ތަން ވެސް ތަރައްގީކޮށްފައި އޮތީ ގާތްގަނޑަކަށް ހަަމަ މި ޕްލޭނާ އެއްގޮތަށެވެ.

 

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *