ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަމުން އަންނަ ކ. ބޮލިދުއްފަރު ގޮނޑުދޮށާ ކައިރިން ފެނުނު ކިނބޫ އެމްއެންޑީއެފް ކޯސްޓްގާޑުން ހިފައިފިއެވެ.
އެމްއެންޑީއެފުން ބުނީ މި ކިނބޫ ހިފާފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. މިކިނބިލުގެ ދިގުމިނުގައި 14 ފޫޓު ހުރިކަމަށް އެެމްއެންޑީއެފުން ބުނެއެވެ. މި ކިނބޫ ހިފުމަށްފަހު ކ.ބޮލިދުއްފަރުން 24 ނޯޓިކަލް މޭލު ބޭރަށް މިހާރު ދޫކޮށްލާފައިވާކަމަށް އެމްއެންޑީއެފުން ބުނެއެވެ.
🚨#Breaking: K. Bolidhuffaru gai tharaggee kuramun anna DAMAC Resort gondudhoshun Kinbuleh fenigen Salaamathee Baaru thakun haasa operation eh fashaifi
Ithuru mauloomaathu: https://t.co/XAMZzIzyQg pic.twitter.com/5D6tUOrB1H
— #MvCrisis (@MvCrisis) January 12, 2023
މިރަށުން ކިނބޫ ފެނިގެން ރިޕޯޓްކޮއްފައިވަނީ އިއްޔެ ހަވީރުއެވެ، ނަމަވެސް އެމްއެންޑީއެފުން އޭރު ވިދާޅުވީ މިފަދަ މައުލޫމާތެއް ލިބިފައިނުވާ ކަމަށެވެ.