logo minivan

English

ހޮނިހިރު, 27 ޖުލައި 2024

ޖީއެސްޓީ ނަގަނީ ރަނގަޅަށްތޯ ބަލަން މީރާގެ ތަފާތު ކެމްޕޭނެއް

ޖީއެސްޓީއާއި ޓީޖީއެސްޓީ ނަގާ ރޭޓު މިމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ބޮޑުކޮށްފައިވާތީ، ވިޔަފާރިތަކުން މިހާރު ޖީއެސްޓީ ނަގަމުން އަންނަނީ ރަނގަޅަށްތޯ ބަލަން މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ތަފާތު ކެމްޕޭނެއް ފަށައިފި އެވެ.

ޖީއެސްޓީ ނަގަނީ ރަނގަޅަށްތޯ ބަލަން، "ކޮބާ ރަސީދު" ގެ ނަމުގައި ކުރިޔަށް ގެންދާ އެ ކެމްޕޭނުގައި ކުރާ ކަމަކީ ވިޔަފާރިކޮށްފައި ރަސީދު ހޯދަން އާއްމުންނަށް ބާރު އެޅުމެވެ. ކޮންމެ މަހަކު ނަސީބުވެރިއަކު ހޮވާ "ޕޮރޮމޯޝަނެއް"ގެ ގޮތުގައި ކުރިއަށް ގެންދާ އެ ހަރަކާތުގައި ބައިވެރިވާ ފަރާތްތަކުން ކުރަން ޖެހޭ ކަމަކީ ވިޔަފާރިކޮށްގައި ރަސީދު (ގަތް އެއްޗިހީގެ ބިލު) ހޯދުަމަށް ފަހު  މީރާއިން ކަނޑައަޅާފައިވާ ނަމްބަރު، 7291415 އަށް ވައިބާ މެދުވެރިކޮށް ފޮނުވުމެވެ.

އެގޮތުން ރަސީދު ފޮނުވާ މީހުންގެ ތެރެއިން މަހަކު އެއް ފަހަރު ގުރުއަތުން ހޮވޭ ނަސީބުވެރިފަރާތަކަށް 2،000 ރުފިޔާގެ ފައިސާގެ އިނާމު ލިބޭނެކަމަށާއި އަދި މުޅި ހަރަކާތް ނިންމައިލާ އިރު ، އެންމެ ގިނަ ރަސީދު ފޮނުވާފައިވާ ފަރާތަށް 30،000 ރުފިޔާގެ އިނާމެއް ލިބޭނެ ކަމަށް ވެސް މީރާއިން ބުންޏެވެ. އެ ހަރަކާތް ނިންމައިލާނީ އަންނަ އޭޕްރިލް މަހުގެ 15 ވަަ ދުވަހު އެވެ

މީރާއިން 2015 ވަނަ އަހަރު ވެސް މިފަދަ ކެމްޕޭނެއް ކުރިއަށް ގެންދިޔަ އެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *